ކ. މާލެ
|
22 ނޮވެންބަރ 2020 | އާދީއްތަ 21:12
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމިން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމިން
ރާއްޖޭގެ ދަރަނި ހުރި މިންވަރު
ރައީސްގެ އަދަދުތައް ދިމާވޭ، ދިމާނުވަނީ ކުރީގެ 'އިކޮނޮމިސްޓުން' ގެ އަދަދުތައް
2018 ވަނަ އަހަރު ނިމުނު އިރު، ގެރެންޓީޑް ދަރަނި ނުލައި މުޅި ދައުލަތުގެ ދަރަނި ހުރީ 48.2 ބިލިއަން ރުފިޔާ
2018 ވަނަ އަހަރު ނިމުނު އިރު، ގެރެންޓީޑް ދަރަނި އެއްކޮށްލުމުން ރާއްޖޭގެ ދައަލަތުގެ ދަރަނި ހުރީ 60.3 ބިލިއަން ރުފިޔާ
މިހާ ދެފުއް ފެންނަ ގޮތަކަށް މިހާތަނަށް އެއްވެސް ސަރުކާރަކުން މާލިއްޔަތު ހިންގާފައެއް ނުވޭ
ދަރަނި ބޮޑު. ރާއްޖޭގެ ދަރަނި ބޮޑު. މި ވާހަކަވެސް ރަނގަޅަށް ސާފުކޮށް އެބަ އެނގިވަޑައިގަންނަވަންޖެހޭ. ރައީސް ޔާމީނުގެ ވެރިކަން ހަވާލުވިއިރުގައި ރާއްޖޭގެ ދަރަނި އޮތީ 26 ބިލިއަން ރުފިޔާ. އެހެން ނަމަވެސް، އެ މަނިކުފާނު ފައިބާވަޑައިގެންނެވި އިރުގައި، 60 ބިލިއަން ރުފިޔާއަށް ދައުލަތުގެ ދަރަނި އަރައިފި، 5 އަހަރުގެ ތެރޭގައި.
ރާއްޖޭގެ ދަރަންޏާއި ގުޅުވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ވާހަކަފުޅެއް

ހޯރަފުށި އެއަރޕޯޓް ހުޅުވުމަށް ކުރިއަށް ގެންދިޔަ ހާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުން އެދުވަހު ރައީސް ފާހަގަކުރެއްވީ 2018 ވަނަ އަހަރު ނިމުނު އިރު ސޮވެރިން ގެރެންޓީ އާއި އެކު ރާއްޖޭގެ ދަރަނި ހުރި އަދަދެވެ.

ރާއްޖޭގެ ދައުލަތުގެ އާމްދަނީ އާއި ދަރަނި ފިނޭންސް މިނިސްޓްރީ އިން ފަސޭހައިން ފެންނަން ހުންނަ އިރު، މި އަދަދުތަކަކީ ބަޔަކު އޮޅުވާލައިގެން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަންޖެހޭ އަދަދުތަކެއް ނޫނެވެ. މިއީ އެންމެންނަށް ސާފުކޮށް ފެންނަން ހުރި ނަންބަރުތަކެކެވެ.

އެގޮތުން، 2018 ވަނަ އަހަރު ނިމުނު އިރު، ރާއްޖޭގެ ބޭރުގެ ދަރަނި ހުރީ 20.5 ބިލިއަން ރުފިޔާއެވެ. އަދި އެތެރޭގެ ދަރަނި 27.7 ބިލިއަން ރުފިޔާ ހުރި އިރު، ގެރެެންޓީޑް ދަރަނި ހުރީ 12 ބިލިއަން ރުފިޔާއެވެ. ގެރެންޓީޑް ދަރަނި ނުލައި މުޅި ދައުލަތުގެ ދަރަނި 48.2 ބިލިއަން ރުފިޔާ ހުރި ނަމަވެސް، ގެރެންޓީޑް ދަރަނި އެއްކޮށްލުމުން 2018 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގެ ދައަލަތުގެ ދަރަނި 60.3 ބިލިއަން ރުފިޔާ އަރައެވެ.

ޖީޑީޕީގެ ނިސްބަތުން ބަލާނަމަ، ޕަބްލިކް އަދި ޕަބްލިކްލީ ގެރެންޓީޑް ދަރަނީގެ އަދަދަކީ ޖީޑީޕީގެ 74 އިންސައްތައެވެ. ޕަބްލިކް އަދި ޕަބްލިކްލީ ގެރެންޓީޑް ބޭރުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 38 އިންސައްތައިގައި ހުރި އިރު، ޕަބްލިކް އަދި ޕަބްލިކްލީ ގެރެންޓީޑް އެތެރޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން ހުރީ 36 އިންސައްތައިގައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބު

ދައުލަތުގެ ރިޒާވްގައި 2018 ވަނަ އަހަރު ނިމުނު އިރު 712 މިލިއަން ޑޮލަރު ހުރި ނަމަވެސް ބޭނުން ކުރެވެން ހުރީ އެންމެ 281 މިލިއަން ޑޮލަރެވެ. 2019 ވަނަ އަހަރު ރާއްޖޭގެ ރިޒާވް 753.3 މިލިއަން ޑޮލަރަށް އިތުރުވި އިރު، ޔޫޒަބަލް ރިޒާވް ވަނީ 315.8 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. މިއީ 2012 ވަނަ އަހަރުގެ ފަހުން، ރާއްޖޭގެ ޔޫޒަބަލް ރިޒަރވް މިހާ މައްޗަށް ޖެއްސުނު ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ އިގްތިސާދު އަލުން އަނބުރާ ކޮޅަށް ޖަހަން ޖެހިފައިވާއިރު، ދަރަނި އަދާކުރުމަށް ވެސް ފައިސާ ބޭނުންވެއެވެ. ކޮވިޑް-19 ބަލިމަޑުކަމާއި އެކު ވެސް ދައުލަތުގެ ރިޒާވަށް އުނިނުވާނެހެން ސަރުކާރުން މަސައްކަތް ކުރަމުންދާ އިރު، 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ދައުލަތުގެ ރިޒާވްގައި ހުރީ 569.6 މިލިއަން ޑޮލަރެވެ. އަދި ޔޫސަބަލް ރިޒާވްގައި ހުރީ 122.3 މިލިއަން ރުފިޔާއެވެ.

މި ހުރިހާ ކަމެއް ސާފުކޮށް އެނގެން އޮތް އިރު ދެއިރު ދެދަޅައަށް މާ މޮޅެތި އިކޮނޮމިސްޓުންނަށް ވެގެން ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން މަސައްކަތްކުރާ މީހުން މަދެއް ނޫނެވެ. އެއްވެސް ތާކުންތާކު ނުޖެހޭ، އޮއްޓަރެއް ނެތް ވާހަކަ ދައްކައިގެން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.

ގަދަބާރުން ވެރިކަމެއް ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ފައިބާ ވަޑައިގެންނެވީ ރާއްޖެ އިންތިހާއަށް ދަރަނިވެރިކޮށްފައެވެ. ނުވިތާކަށް ދައުލަތުގެ ލިބުނު ފައިސާއެއް ވެއްޖިއްޔާ އެވެސް ހިފައިގެންނެވެ. އެ ސަރުކާރުން ނެގި ދަރަނިތައް އަނބުރާ ދެއްކުން އެޅުނީ މި ސަރުކާރުގެ ބޮލުގައެވެ. ނަމަވެސް ސަރުކާރުން ރައްޔިތުންނަށް ތަކުރާރުކޮށް ދެމުންދާ ޔަގީން ކަމަކީ ގައުމު ދަރަނިވެެރި ނުކޮށް، އިގްތިސާދު އަލުން އާރާސްތުކުރާނެ ކަމެވެ. އެއްވެސް ރައްޔިތަކު ބަނޑަށް ނުޖެހެނޭ ކަމަށެވެ.

- ކޮމެންޓް
23 ނޮވެންބަރ 2020 | ހޯމަ 10:35
ތީރައްޔިތުންގެލޮލަށްބޮލަށް ގޮވާބައެއް . ރައިސަށް ވިދާޅުވެވުނު ވާ ހަކަތަކުން ބޮލުފޮށާގަޑުއެޅުނީ . ފައިބައިގެންދަމުންނާ އަރައިތބެ ކައިގެންވެސް ރައްޔިތުންނަށް ކޮއްދިން ހާކަން ތައް ހުރީދެލޯކުރިމައްޗަށް ފެންނަށް . ދަރަނިބޮޑުކޮއް ގެން ފައިސާ ހޯދައިގެން ކޮއްދީފަ ހުރިހހހ ހާ ކަމަ ކުން ހިދްމަތް ހޯދާކަށް ނުވަންނައްތަ ؟ ބުރިޖް މައްޗަކަށް ނާރާންތަ ؟ ފުލެޓެއް ގާތްތިމާގެ މީ ހަކަށް ލިބޭނެ ކަމުގެގެރެންޓީ ކަރުދާސް ކޮޅެއް ނުދޭތަ ؟ރައިސްއިބްރާހ ހީމަށް އެއްފަ ހަރު ދެއްކޭ ވާ ހަކަ އަނެއް ފަ ހަރު ދައްކަން ހަދާން ބަ ހައްޓަން ކުރިން ދެއްކިފަ ހުންނަވާ ހަކައިގެ ވީޑިޔޯ ބަލާ ނަމަ ފޮށާގަޑު ނާލާސަލާމަތް ވެވޭނެ . ބިލިޔަން ޑޮލަރގެ ދަރަނި ނެގީއޭ ނުކިޔާ ކިޔާބަލަ ރައިސްޔާމީން ބިލިޔަނުގެ ޑޮލަރު ނަގައި ދަރިންގެ ދަރިންނަށް ދައްދެން ވިއްކާނެ މުދާ ހަހޯދާދީފިއޭ . އިންޑިޔާ އިން ނަގާ ހާލޯނު ތަކުން ރައްޔިތުންނަށް ފައިދާއެއް ވާވަރުގެ ކަމެއް ނުކޮއްދޭނަމަ އެވާ ހަކަނުދައްކާތިބެން ޖެ ހޭތަ؟ނަގާ ހާލޯނުތަކުން ރައްޔިތުންނަށް ފައިދާ ކުރާވަރުގެ ކަމެއް ނުކޮއްދެނީ . އަދިއެއް ނުކުރޭ ، ފޮޓޯނަގަން ލޯބިކުރާރައިސަކު އާއްމު ރައްޔިތުންނަށް ދައްކަން ފޮޓޯއާވީޑިޔޯ އާއްމު ކޮއްބަލަ . އަގައިން ހިފަ ހައްޓާނީކީ . ލިބޭ އެ ހީތަކުން ނަގާ ހާ ލޯނު ތަކުން ކަން ކުރެވޭކަން ދައްކަން ކޮއްބަލަ . ކާކުތަބުނީ ނުކުރާށޭ . އަގައެއް އޮތީތީ ކާޅު ތައް ކާނކާން ގޮވާނެދޯ . .
23 ނޮވެންބަރ 2020 | ހޯމަ 02:31
ދެން އަހަރެމެން ވީ ގަބޫލު ކުރަން؟
22 ނޮވެންބަރ 2020 | އާދީއްތަ 23:35
ހަސަން
ތިބުނީ އިބޫ ކާލި އަދަދު ދީމާވިވާހަކަ ދޯ