ކ. މާލެ
|
21 ނޮވެންބަރ 2020 | ހޮނިހިރު 22:45
ކޮވިޑް-19ގެ ރޭންޑަމް ސާމްޕަލް ނަގަމުން ދަނިކޮށް
ކޮވިޑް-19ގެ ރޭންޑަމް ސާމްޕަލް ނަގަމުން ދަނިކޮށް
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 32 މީހުން
ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 12،578
19 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުން އަދި 13 މީހުން ޕޮޒިޓިވްވީ ވަނީ އަތޮޅު ތެރެއިންނާއި ރިސޯޓުތަކުން
އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރެއިން 17 މީހުންނަކީ ދިވެހިން ކަމަށާއި އަދި 15 މީހުންނަކީ ބިދޭސީން

ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 32 މީހުން ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ހޮނިހިރު ދުވަހުގެރޭ ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން ހުކުރު ދުވަހުގެ އިރުއޮއްސި 06:00 އިން ފެށިގެން ހޮނިހިރު ދުވަހުގެ އިރުއޮއްސި 06:00 އާއި ހަމައަށް ރާއްޖެއިން ކޮވިޑް-19 އަށް 1،561 މީހުން ޓެސްޓު ކޮށްފައިވެއެވެ. އެޗްޕީއޭއިން ބުނީ އޭގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ 32 މީހުން ކަމަށެވެ.

އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރެއިން 19 މީހުންނަކީ މާލޭ ސަރަހައްދުން ޕޮޒިޓިވްވެފައިވާ މީހުން ކަމަށާއި އަދި 13 މީހުން ޕޮޒިޓިވްވެފައި ވަނީ އަތޮޅުތެރެއިންނާއި ރިސޯޓުތަކުން ކަމަށެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން 17 މީހުންނަކީ ދިވެހިން ކަމަށާއި އަދި 15 މީހުންނަކީ ބިދޭސީން ކަމަށެވެ.

އިތުރު 32 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއިއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 12،578 ވަނީ އަރައިފައެވެ. މިހާތަނަށް ބަލިން ފަރުވާ ހޯދާ ރަނގަޅުވެފައި ވަނީ 11،559 މީހުންނެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދަކީ 967 އެވެ.

އެޗްޕީއޭއިން ބުނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ 82 މީހުންނަށް ކަމަށެވެ. ރާއްޖެއިން މިހާތަނަށް 45 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

- ކޮމެންޓް