ކ. މާލެ
|
22 ނޮވެންބަރ 2020 | އާދީއްތަ 00:29
އީސީގެ ރައީސް އަހުމަދު ޝަރީފް
އީސީގެ ރައީސް އަހުމަދު ޝަރީފް
ރާއްޖެއެމްވީ
އިލެކްޝަންސް ކޮމިޝަން
އީސީ އާއި ބެހޭގޮތުން ހަގީގަތާއި ހިލާފު ވާހަކަ ނުފަތުރަން އިލްތިމާސްކޮށްފި
ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވުނު އަކްރަމް ގެ މައްސަލަ މަޖިލީހުން ބަލަމުންދަނިކޮށް އޭނާ ވަނީ އިސްތިއުފާ ދެއްވާފަ
މައްސަލަ ކުރިޔަށް ގެންގޮސްފައިވަނީ ކޮމިޓީ ސިއްރުކޮށްގެން
އެކަމަކު ކޮމިޓީގެ މެމްބަރަކު ވަނީ އެ މައްސަލާގައި ''މިހާރު'' ނޫހަަށް މައުލޫމަތު ދީފަ

ޖިންސީ ގޯނާގެ ތުހުމަތުތައް ކުރެވި މަގާމުން އިސްތިއުފާ ދެއްވި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބް ރައީސް އަަހުމަދު އަކްރަމްގެ މައްސަލާގައި، ކޮމިޝަންއާ ބެހޭ ގޮތުން ދޮގު މައުލޫމާތުތައް ނުފެތުރުމަށް އީސީގެ ރައީސް އަހުމަދު ޝަރީފް އިލްތިމާސްކުރައްވައިފި އެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވުނު އަކްރަމް އިސްތިއުފާ ދެއްވީ އޭނާގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަމުން ދަނިކޮށެވެ. މައްސަލަ ކުރިޔަށް ގެންގޮސްފައިވަނީ ކޮމިޓީ ސިއްރުކޮށްގެންނެވެ.

އެކަމަކު ކޮމިޓީގެ މެމްބަރަކު ވަނީ އެ މައްސަލާގައި ''މިހާރު'' ނޫހަަށް މައުލޫމަތު ދީފައެެވެ. އެ މެމްބަރު ވިދާޅުވެފައިވާ ގޮތުން އީސީގެ ކުރީގެ މެމްބަރެއްގެ ފަރާތުން ލިބުނު އަނިޔާތަކާއި ގުޅިގެން މަރުވާން އުޅުނު ކަމަށް ބުނެފައެވެ.

އެހެން ލިޔެފައިވާ އާޓިކަލް ޓްވިޓާގައި ޝެއާ ކުރައްވާ ޝަރީފް ވިދާޅުވީ، އީސީގެ އަގު ވައްޓާލުމަށް ސާބިތުނުހިފޭ ވާހަކަ ނުދެއްކެވުމަށެވެ. އަދި އެމައުލޫމާތު ދެއްވި ބޭފުޅަކު އީސީގެ ކަންކަން މިހާރު އިސްލާހު ކުރެވިފައި ވާކަން ހާމަ ނުކުރެއްވީ ކީއްވެތޯ ވަނީ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުން ސިއްރު ކޮށްގެން ބޭއްވުނު ކޮމިޓީއެއްގައި ދެކެވުނު ވާހަކައެއް އެއީ ހަގީގަތަކަށް ހަދައިގެން ކޮމިޓީގެ މެމްބަރަކު، ކޮމިޓީގެ ނަމުގައި ވާހަކަ ދެއްކިދާނެތޯވެސް ޝަރީފް ވަނީ ސުވާލު އުފައްދާފައެވެ.

- ކޮމެންޓް