ކ. މާލެ
|
21 ނޮވެންބަރ 2020 | ހޮނިހިރު 22:00
އެމްއެންޑީއެފް ކޯސްޓް ގާޑުން ބޭއްވި ޓްރޭނިންގ ޑޭ ޕްރޮގްރާމުގެ ތެރެއިން
އެމްއެންޑީއެފް ކޯސްޓް ގާޑުން ބޭއްވި ޓްރޭނިންގ ޑޭ ޕްރޮގްރާމުގެ ތެރެއިން
އެމްއެންޑީއެފް
އެމްއެންޑީއެފް "ޓްރޭނިންގ ޑޭ"
އެމްއެންޑީއެފް ކޯސްޓްގާޑުން "ޓްރޭނިންގ ޑޭ"ގެ ނަމުގައި ތަމްރީނެއް ބާއްވައިފި
ކަނޑަށް ތެޔޮ އެޅިއްޖެ ހާލަތެއްގައި ލިބެންހުރި ވަސީލަތް ބޭނުންކޮށްގެން އެ ތޮޔެ ނަގާނެ ގޮތް ފަރިތަކޮށްފައިވޭ
ތެޔޮ ނެގުމަށްފަހު ބޭނުންކުރި އިކުއިޕްމަންޓްސްތައް ދޮވެ ސާފުކޮށް ސްޓޯރ ކުރާނެ ގޮތްވެސް ފަރިތަކޮށްފައިވޭ
މި ތަމްރީނުގައި ހޮނިހިރު ދުވަހު ހެނދުނު ކުރިއަށް ގެންދިޔައީ ތިއަރީ ކުލާސްތައް

އެމްއެންޑީއެފް ކޯސްޓްގާޑާއި ހަވާލުކުރެވިފައިވާ މަސްޢޫލިއްޔަތުތަކާއި ޒިންމާތަކަށް ކޯސްޓްގާޑްގެ ސިފައިން އަހުލުވެރި ކުރުމުގެ މަޤްޞަދުގައި " ޓްރޭނިންގ ޑޭ" ނަމުގައި ތަމްރީނެއް ބާއްވައިފިއެވެ.

ހުޅުމާލޭ ކޯސްޓްގާޑުގެ ސަރަހައްދުގައި ކުރިއަށްދިޔަ މި ތަންރީނުގައި ކަނޑަށް ތެޔޮ އެޅިއްޖެ ހާލަތެއްގައި އެމްއެންޑީއެފް ކޯސްޓްގާޑުގައި ލިބެންހުރި ވަސީލަތްތަކާއި އިކުއިޕްމަންޓްސްތައް ބޭނުންކޮށްގެން އެ ތޮޔެ ނަގާނެ ގޮތުގެ ފަރިތަކުރުންތައް ކުރިއަށްގެންގޮސްފައި ވެއެވެ. މީގެ އިތުރުން ތެޔޮ ނެގުމަށްފަހު ބޭނުންކުރި އިކުއިޕްމަންޓްސްތައް ދޮވެ ސާފުކޮށް ސްޓޯރ ކުރާނެ ގޮތް ވެސް މި ތަމްރީނުގައި ކުރިއަށްގެންދެވިފައި ވެއެވެ.

ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ތަމްރީނުގައި ހޮނިހިރު ދުވަހު ހެނދުނު ކުރިއަށް ގެންދިޔައީ ތިއަރީ ކުލާސްތަކެވެ. އަދި މެންދުރުފަހު ދަންފަޅީގައި ކަނޑަށް ނޫނީ މޫދަށް ތެޔޮ އެޅުމުން، އެޕޮލިއުޝަން ނައްތާލާނެ ގޮތުގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

އެއް ދުވަހަށް ކުރިއަށްގެންދިޔަ މި ތަމްރީނުގައި ކޯސްޓްގާޑުގެ ކޮމާންޑާންޓް ކާނަލް މުޙައްމަދު ސަލީމާއި ކޯސްޓްގާޑުގެ އޮފިސަރުންނާއި އެޔުނިޓްގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެލެއްވިއެވެ.

- ކޮމެންޓް