ކ. މާލެ
|
21 ނޮވެންބަރ 2020 | ހޮނިހިރު 00:10
ގެއްލިގެން ހޯދަމުން އަންނަ ޢަބްދުﷲ މުޢާޒު
ގެއްލިގެން ހޯދަމުން އަންނަ ޢަބްދުﷲ މުޢާޒު
ޕޮލިސް
ޕޮލިސް
މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފި
ގެއްލިގެން ހޯދަމުންދަނީ ބ. މާޅޮސް، ކީސްފިލާ، ޢަބްދުﷲ މުޢާޒު (30އ)
މުޢާޒު އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ކަޅު ތިކިތަކެއް ޖަހާފައިހުރި ނޫކުލައިގެން ޓީޝާޓަކާއި ގަދަ މުށިކުލައިގެ ފަޓުލޫނެއް
މުޢާޒާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފުލުހުންނާއި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައި

މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ބ. މާޅޮސް، ކީސްފިލާ، ޢަބްދުﷲ މުޢާޒު (30އ) އެވެ.

ފުލުހުން އިތުރަށް ބުނީ މިހިނގާ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު 15:45 ހާއިރު ކަމަށެވެ. ފުލުހުންނަށް މިކަން ރިޕޯޓްކުރުމާ ގުޅިގެން ޢަބްދުﷲ މުޢާޒު ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައެއް ނުވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ޢަބްދުﷲ މުޢާޒު އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ކަޅު ތިކިތަކެއް ޖަހާފައިހުރި ނޫކުލައިގެން ޓީޝާޓަކާއި ގަދަ މުށިކުލައިގެ ފަޓުލޫނެއް ކަމަށެވެ.

ޢަބްދުﷲ މުޢާޒާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

ނޯޓް: މި ހަބަރު ޝާއިއުކުރި ފަހުން، އެ މީހާ އަމިއްލައަށް ގެއަށް އައިސްފައިވާ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައި

- ކޮމެންޓް