ކ. މާލެ
|
20 ނޮވެންބަރ 2020 | ހުކުރު 22:55
ކޮވިޑް-19 އަށް ސާމްޕަލް ނަގަނީ
ކޮވިޑް-19 އަށް ސާމްޕަލް ނަގަނީ
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
ޕޮޒިޓިވް ކޭސްތަކުގެ އަދަދު މައްޗަށް!
ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 38 ދިވެހިން
ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 56 ބިދޭސީން
އަތޮޅުތެރެއިން 45 މީހަކު ވަނީ ޕޮޒިޓިވްވެފައި

ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 94 މީހަކި ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާގޮތުން ހުކުުރު ދުވަހު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 38 ދިވެހިންނާއި 56 ބިދޭސީންނެވެ. އޭގެ ތެރެއިން 49 މީހުން ޕޮޒިޓިވްވެފައި ވަނީ ގްރޭޓަރ މާލެ ސަރަހއްދުންނެވެ.

ރިސޯޓްތައް ހިމެނޭ ގޮތަށް އަތޮޅުތެރެއިން 45 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އެއާއި އެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 12،546 ށް އަރާފައެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުން ހުކުރު ދުވަހު ވަނީ 1678 މީހުންގެ ސާމްޕަލް ޓެސްޓް ކޮށްފައެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 997 ކޭސްއެއް ރިޕޯޓްކޮށްފައިވާއިރު 11،497 މީހަކު މިހާތަނަށް ވަނީ ބަލިން ފެސޭހަވެފައެވެ.

އައިސޮލޭޝަން ފެސިލިޓީ ތަކުގައި 320 މީހަކު ތިބިއިރު 80 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ވައިރަސްގެ ސަބަބުން މިހާތަނަށް ރާއްޖެއިން މަރުވެފައިވަނީ 45 މީހުންނެވެ.

- ކޮމެންޓް