ކ. މާލެ
|
20 ނޮވެންބަރ 2020 | ހުކުރު 07:31
ލެބޯޓްރީ އަޕްގްރޭޑް ކުރުމަށް ފަހު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ލެބޯޓްރީ އަޕްގްރޭޑް ކުރުމަށް ފަހު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެމްއެންޑީއެފް
ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލު
ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގައި ނާރުގެ ބަލިތަކުގެ ޓެސްޓްތައް ހެދޭނެ އިންތިޒާމު ހަމަޖައްސައިފި
 
ތުއްތު ކުދިންގެ ލޭގެ ސާމަޕަލް ނެގުމަށް ޚާއްޞަ ސްޓޭޝަނެއް ވަނީ ގާއިމުކޮށްފައި
 
ލެބޯޓްރީއަށް ގެންވިފައިވާ ބަދަލުތަކާއެކު ލޭގެ ސާމަޕަލު ނެގުމަށް 4 ސްޓޭޝަނެއް މިހާރު ވަނީ ޤާއިމުކޮށްފައި
 
މިއީ ސެނަހިޔައިން މުޅިން އަލަށް ދޭންފެށި ޚިދުމަތެއް

ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ދެމުން ގެންދާ ލެބޯޓްރީ ޚިދުމަތް އަޕްގްރޭޑް ކުރުމަށްފަހު ނާރުގެ ބަލިތަކުގެ ޓެސްޓްތައް ހެދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ލެބޯޓުރީއިން ދެމުގެންދާ ޚިދުމަތްތައް އިތުރުކޮށް ނާރުގެ ބަލިތަކާ ގުޅުންހުރި ޓެސްޓްތައް ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މިއީ ސެނަހިޔައިން މުޅިން އަލަށް ދޭންފެށި ޚިދުމަތެކެވެ. މީގެ އިތުރުން ލެބޯޓްރީއަށް ގެންވިފައިވާ ބަދަލުތަކާއެކު ލޭގެ ސާމަޕަލު ނެގުމަށް 4 ސްޓޭޝަނެއް މިހާރު ވަނީ ޤާއިމުކޮށްފައެވެ.

އޭގެތެރޭގައި ތުއްތު ކުދިންގެ ލޭގެ ސާމަޕަލް ނެގުމަށް ޚާއްޞަ ސްޓޭޝަނެއް ހިމެނެއެވެ. މި ބަދަލުތަކާއެކުގައި އެކްސްރޭ، ފިޒިއޮތެރެޕީ، އަދި ލެބޯޓްރީގެ ޚިދުމަތަށް އެދޭ މެމޯ ހެއްދުމުގެ ޚިދުމަތް ލެބޯޓްރީ ކައުންޓަރުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މި ޚިދުމަތްތައް ތަޢާރަފުކޮށްފައިވަނީ ހޮސްޕިޓަލްގައި ބޭއްވި ޚާއްޞަަ ރަސްމިއްޔާތުގައި ލެބޯޓްރީ ހުޅުވައިދެއްވީ ސިފައިންގެ ފެމެލީ އެސޯސިއޭޝަން (ސިފަމާ) ގެ ޗެއަރޕާސަން ފާތިމަތު ފިރާޝާއެވެ.

ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ދެމުން ގެންދާ ލެބޯޓްރީ ޚިދުމަތް ތަރައްޤީކުރުމަށް ފަހު ލެބޯޓްރީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު، އެމްއެންޑީއެފްއިން ކޮންމެ ހަފުތާއަކު ނެރޭ ހަފްތާ މަޖައްލާގެ ނޯޓިސް ބޯޑެއް ސެނަހިޔަ އޯޕީޑީ ސަރަހައްދުގައި ވަނީ ހުވާފައެވެ. މި ނޯޓިސް ބޯޑް ހުޅުވައިދެއްވީ ސިފައިންގެ ފެމެލީ އެސޯސިއޭޝަން (ސިފަމާ) ގެ ވައިސް ޗެއަރޕާސަން އައިމިނަތު ދިހުޝާނާއެވެ.

ސިފަމާ ޗެއަރޕާސަން އަދި ވައިސް ޗެއަރޕާސަން ސެނަހިޔައަށް ކުރެއްވި މި ޒިޔާރަތުގައި ސެނަހިޔަގެ މަސައްކަތްތައް ހިނގަމުންދާގޮތް ވަނީ ބައްލަވާލައްވާފައެވެ. މީގެ އިތުރުން އެކިއެކި ދާއިރާތަކުން ސްޕޭޝަލައިޒްވެ ޚިދުމަތާއި ގުޅިލެއްވި ސިފައިންގެ ޑޮކްޓަރުންނާއި ވެސް ވަނީ ބައްދަލުކުރައްވާފައެވެ. އަދި މި ޒިޔާރަތުގައި ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގެ މެހުމާނުން ސޮއިކުރާ ފޮތުގައި ވަނީ ސޮއިކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
33%
0%
0%
67%
ކޮމެންޓް