ކ. މާލެ
|
20 ނޮވެންބަރ 2020 | ހުކުރު 00:50
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް (ކ) އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް (ކ) އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް
ރައީސް އޮފީސް
ފަލަ ސުރުޚީ
ސަރުކާރަށް ސަނާ ވިދާޅުވަނީ ވަޒީރު ކަމުގައި ނަހުލާ ހުރުމުންނެއް ނޫން: ގާސިމް
 
ނަހުލާ މިނިސްޓަރު ކަމާއި ހަވާލުވެވަޑައިގަތީ ރިޔާސީ ކެމްޕެއިނުގައި އެކަމަނާގެ ކުޅަދާނަކަން ރައްޔިތުންނަށް ދެއްކުމަށްފަހު
 
ސަރުކާރުން ފާއިތުވެދިޔަ ދެ އަހަރު ވަނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިޔަށް ގެންގޮސްފައި
 
ސަރުކާރުން ނުރަނގަޅު ކަންކަން ކުރާނަމަ އެވާހަކަ ދައްކާނަން: ގާސިމް

މި ސަރުކާރަށް ސަނާ ވިދާޅުވަނީ ޓްރާންސްޕޯޓް މިނިސްޓަރ ކަމުގައި އަނބިކަނބަލުން އައިޝަތު ނަހުލާ ހުރުމުންނެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ މި ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޕާޓީއެއް ކަމަށާއި، ސަރުކާރުން ނުރަނގަޅު ކަންކަން ކުރާނަމަ އެ މަނިކުފާނު އެ ވާހަކަ ދައްކަވާނެ ކަމަށެވެ. އަދި މި ސަރުކާރަށް ސަނާ ކިޔާ ހަދަނީ އެ މަނިކުފާނުގެ އަނބިކަނބަލުން ނަހުލާ ވަޒީރު ކަމުގައި ހުންނަވާތީ އެއް ނޫން ކަމަށާއި، ސަރުކާރުން ފާއިތުވެދިޔަ ދެ އަހަރު ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިޔަށް ގެންގޮސްފައިވާތީ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ހުދު އެ މަނިކުފާނުގެ އަނބިކަނބަލުން ނަހުލާ ގޯސްކޮށް ކަމެއް ކޮށްފި ނަމަވެސް އެޞވާހަކަ ދައްކާނެ ކަމަށެވެ. އަދި އެ މަނިކުފާނަކީ ދެފުށް ދެގޮތް މީހެއް ނޫން ކަމަށް ގާސިމް ތަކުރާރުކޮށް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މިނިސްޓަރ ނަހުލާ މިނިސްޓަރު ކަމާއި ހަވާލުވެވަޑައިގަތީ ރިޔާސީ ކެމްޕެއިނުގައި އެކަމަނާގެ ކުޅަދާނަކަން ރައްޔިތުންނަށް ދެއްކުމަށްފަހު ކަމަށާއި، އަދި އެކަމަނާއަށް މިނިސްޓަރުކަން ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށްވެސް އެކަމަނާގެ މަސައްކަތް ފެނިވަޑައިގަތުމުން ކަމަށް ގާސިމް ވިދާޅުވިއެވެ.

މިނިސްޓަރު ކަމަށް ނަހުލާ އައްޔަން ކުރައްވާފައިވަނީ ގާސިމްގެ އަނބިކަނބަލުންނަށް ވެގެން ނޫން ކަމަށް ''ދިވެހިރާއްޖޭގެ އަޑުން'' ގެނެސްދިން ޕްރޮގްރާމެއްގައި އެކަމަނާ ވަނީ ވިދާޅުވެފައެވެ. ނަހުލާ އެހެން ވިދާޅުވުމުން ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުގެ މަލާމާތުގެ ބަސްތައް އެކަމަނާއަށް ވަނީ އަމާޒުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް