ކ. މާލެ
|
19 ނޮވެންބަރ 2020 | ބުރާސްފަތި 22:36
ކޮވިޑްގެ ރޭންޑަމް ސާމްޕަލިންގ ނަގަނިކޮށް
ކޮވިޑްގެ ރޭންޑަމް ސާމްޕަލިންގ ނަގަނިކޮށް
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
ކޮވިޑްގެ ކޭސްތަކުގެ އަދަދު އަނެއްކާ ވެސް އިތުރުވެއްޖެ
 
މީގެ ތެރެއިން 36 މީހުންނަކީ ދިވެހިން އަދި 32 މީހުންނަކީ ބިދޭސީން
 
ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 68 މީހުން

ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު ވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ތަފާތު ހިސާބުތައް ދައްކާ ގޮތުން ނަމަ ބުދަ ދުވަހުގެ އިރު އޮއްސި 06:00 އިން ބުރާސްފަތި ދުވަހުގެ އިރު އޮއްސި 06:00 އާއި ހަމައަށް ރާއްޖެއިން 1،530 މީހުން ކޮވިޑަށް ޓެސްޓު ކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން 68 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި ކަމަށެވެ.

އެޗްޕީއޭ އިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަހައްދުން 36 މީހުންނާއި އަތޮޅުތައް އަދި ރިސޯޓުތަކުން 32 މީހުން ކަމަށެވެ. މީގެ ތެރެއިން 36 މީހުންނަކީ ދިވެހިން ކަމަށާއި އަދި 32 މީހުންނަކީ ބިދޭސީން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން މިހާތަނަށް 12،452 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 11،475 މީހަކު ބަލިން ފަރުވާ ހޯދާ ރަނގަޅުވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދަކީ 925 އެވެ. އަދި މިވަގުތު 73 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ކޮވިޑަށް ފަރުވާ ހޯދަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
50%
0%
50%
0%
0%
0%
ކޮމެންޓް
23 ނޮވެންބަރ 2020 | ހޯމަ 00:50
ޢހޢhaުރ
ޕޕމ ކުދިން މުޒާހަރާއަށް ނުކުންނަަށް އުޅެންޏާ އިތުރު ކޮށްލާނެ.. ބިރުން