ކ. މާލެ
|
19 ނޮވެންބަރ 2020 | ބުރާސްފަތި 22:52
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓްރީ
ލަންކާއަށް މަސް އެތެރެކުރުން
ލަންކާއަށް ދިވެހި ކަނޑުމަސް އެތެރެ ކުރުމުގައި ހުރަހެއް ނެތް: މިނިސްޓަރ ޝާހިދު
 
ލަންކާގެ ރަސްމީ އިދާރާއަކުން އަދި އެކަން މަނާކޮށްފައެއް ނުވޭ
 
ރައީސް ޞާލިހު ވަނީ ހިކި ކަނޑު މަހާއި، ލޮނުމަސް، ލަންކާއަށް އެތެރެކުރުމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާފަ

އެއްވެސް ހުރަހަކާ ނުލައި ދިވެހި ކަނޑު މަހުގެ ބާވަތްތައް ސްރީ ލަންކާއަށް އެތެރެކުރެވޭނެ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ، ދިވެހި ކަނޑުމަސް ލަންކާއަށް އެތެރެކުރުމަށް އެ ގައުމުން ދެއްވި ޔަގީންކަމާއެކު ޝުކުރު އަދާކޮށް ކުރެއްވި ޓްވީޓެއްގައެވެ.

މިނިސްޓަރ ޝާހިދު މި ގޮތަށް ޓްވީޓު ކުރެއްވިއިރު، ހޯރަފުށީ އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެސް ވަނީ ހިކި ކަނޑު މަހާއި، ލޮނުމަސް، ލަންކާއަށް އެތެރެކުރުމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާ އެކަމަށް ވެސް ސަރުކާރުން އަމަލުކޮށްފައިވާ ގޮތް ހާމަކުރައްވާފައެވެ.

އެގޮތުން ރައީސް ވިދާޅުވީ، ދިވެހި މަސްވެރިން ބާނާ މަސް ލަންކާއަށް އެތެރެ ކުރުމުގައި އެކަން މަނާކުރާ އެއްވެސް ޕޮލިސީއެއް ލަންކާ ސަރުކާރުން ނުގެންގުޅޭ ކަމަށް ވިދާޅުވެ، ލަންކާގެ ކަސްޓަމްސް އިން ސިޓީ ފޮނުވާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެކަމުގެ ސަބަބުން ދިވެހިން އުފައްދާ ހިކި ކަނޑު މަހާއި، ލޮނުމަސް އެއްވެސް ދަތިކަމަކާއި ނުލާ ލަންކާއަށް އެތެރެކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ.

ސްރީލަންކާ އަށް މަހުގެ ބާވަތްތައް އެތެރެކުރުމުގައި ސިޔާސަތަށް ގެނައި ބަދަލުތަކާއެކު، ނިމިދިޔަ ހަފްތާގައި އެގައުމަށް މަހުގެ ޝިޕްމެންޓްތަކެއް އެތެރެ ނުކުރެވުނު މައްސަލަ ހައްލުކޮށްފައިވާއިރު، އެ ޝިޕްމެންޓްތައް ވެސް ވަނީ އެ ގައުމަށް އެތެރެކޮށްފައި ކަމަށް މިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
33%
0%
67%
0%
0%
ކޮމެންޓް