ކ. މާލެ
|
19 ނޮވެންބަރ 2020 | ބުރާސްފަތި 22:34
ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު (ކ) އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް
ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު (ކ) އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް
ރާއްޖެއެމްވީ
ފަލަ ސުރުޚީ
މަލީހުގެ މައްސަލައިގައި ގާސިމް އެއްޗެކޭ ވިދާޅެއް ނުވި!
 
މާލީހުގެ މައްސަލާގައި ގޮތެއް ނިންމާނީ މަޖިލީހަށް އެ މައްސަލަ ހުށަހެޅުމުން: ގާސިމް
 
އެމްޑީޕީއިން ބޭނުންވާނަމަ މަލީހު ވަކި ކުރުމަކީ އެ ޕާޓީއަށް ފަސޭހަ ކަމެއް

ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު ވަކިކުރުމުގެ މައްސަލާގައި ގޮތެއް ނިންމަން އެނގޭނީ ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށަހެޅުމުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ކެބިނެޓުގެ ވަޒީރަކު ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންދާ ކަމަށާއި، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލް ނުރަނގަޅު ކަމެއް ކުރާ ކަމަށް ފެންނަ ކަމުގައި ވަނީ ނަމަ މަގާމުން ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅައިގެން އެކަން ކުރިޔަށް ގެންދެވޭނެ ކަމަށެވެ.

ގާސިމް އިތުރަށް ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބޭނުންވާނަމަ މަލީހު ވަކި ކުރުމަކީ އެ ޕާޓީއަށް ފަސޭހަ ކަމެއް ކަމަށާއި، އެ ޕާޓީ މި ވަގުތު އޮތީ މަޖިލީހުގެ ސުޕަ މެޖޯރިޓީއަކާއި އެކުގައި ކަމަށެވެ.

މަލީހުގެ މައްސަލައިގައި ގޮތެއް ނިންމާނީ މަޖިލީހަށް އެ މައްސަލަ ހުށަހެޅުމުން ކަމަށާއި، މަލީހު ވިޔަސް އަދި ޖޭޕީގެ އިތުރު ވަޒީރަކު ވިޔަސް ގޯސްކޮށް ކަމެއް ކުރާނަމަ އެކަމަކާއި ދެކޮޅަށް ތެދުވެވަޑައިގަންނަވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

މިނިސްޓަރ މަލީހު ވަކިކުރުމަށް އެމްޑީޕީގެ 10 މެމްބަރަކު ސޮއި ކުރައްވާ މި މައްސަލަ ވަނީ އެ ޕާޓީގެ ޕީޖީ ގްރޫޕަށް ހުށަހަޅާފައެވެ.

އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށައެޅި މައްސަލާގައި ބުނެފައި ވަނީ، ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ހަދަން ޖެހޭ އެއްވެސް ގަވާއިދެއް މަގާމުގައި ހުންނަވާތާ ދެ އަހަރުވީއިރު ވެސް މިނިސްޓަރ މަލީހު ހަދާފައިނުވާ ކަމަށެވެ. އަދި ހަވާލުކޮށްފައިވާ ވުޒާރާއެއްގެ ވަޒީރުގެ ޒިންމާއެއް ކަމަށް ނުހެދި ލަސްވާ ކޮންމެ ދުވަހަކީ ދައުލަތަށާއި، ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއްކަން ކަށަވަރުވާ ހިނދު މިނިސްޓަރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ދެއްވާފައި ނުވާ ކަމަށާއި އަދި އެކަމަށް ހުރަސް އަޅުއްވާފައިވާކަން ސާފުވާ ކަމަށެވެ.

އެހެންކަމުން މަލީހު އިތުރަށް ބެހެއްޓުމަކީ އެމްޑީޕީ އަށް އިތުބާރު އޮތް ކަމަކަށް ނުވާތީ އާއި، ގިނަ ރައްޔިތުންތަކެއް އޭނާ މަގާމުން ވަކިކުރުމަށް ކެނޑިނޭޅި އެދުމުންދާތީ މަލީހު މަގާމުން ވަކިކުރަން ހުށައަޅާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
25%
0%
75%
0%
0%
ކޮމެންޓް