ކ. މާލެ
|
19 ނޮވެންބަރ 2020 | ބުރާސްފަތި 23:03
ގާސިމް އިބްރާހިމް ރައީސް އަރިހުގައި
ގާސިމް އިބްރާހިމް ރައީސް އަރިހުގައި
ރައީސް އޮފީސް
ފަލަސުރުހީ
ވަރަށް ރަނގަޅަށް ސަރުކާރުން އެބަ މަސައްކަތްކުރޭ: ގާސިމް
 
ކޮވިޑް-19 ގެ ހާލަތުގައި މަސައްކަތްތައް މަޑު ޖެހުނު
 
ސަރުކާރަށް ތައުރީފް ކުރެއްވި

މި ސަރުކާރަށް ދެ އަހަރުވެފައިވާއިރު، ސަރުކާރަށް އެއްވެސް ކަމެއް ނުކުރެވެޔޭ ބުނުމުގެ ހައްގެއް ނެތް ކަމަށް ކޯލިޝަން ގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް އެހެން ވިދާޅުވީ، ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައެވެ. ގާސިމް ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ވެފައިވާއިރު ސަރުކާރުން ރައްޔިތުންނަށް އެއްވެސް ކަމެއް ނުކުރެވޭ ކަމަށް އިދިކޮޅުން ދައްކަމުން ގެންދަވާ ވާހަކަތަކަށް ރައްދެއް ދެއްވަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް ދެ އަހަރު ތެރޭގައި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރެވޭ ކަމަށް ބުނާ ބުނުމަކީ އޭނާ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަަށެވެ.

ވަރަށް ރަނގަޅަށް ކަންތައް ކުރެވިގެން އެބަދޭ. އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ރަނގަޅަށް ސަރުކާރުން އެބަ މަސައްކަތްކުރޭ
ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް

ނަމަވެސް ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ސަރުކާރުގެ މަސައްކަތްތައް ހުއްޓުނު ކަމަށާއި، އެހެންކަމުން ދެ އަހަރުގެ ތެރޭގައި ސަރުކާރަށް އެއްވެސް ކަމެއް ނުކުރެވޭ ބުނެވޭ ޖާގައެއް ނެތް ކަމަށެވެ. އެކަމަކު ކުރީ ސަރުކާރުން ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ބެލުން އެއަށްވުރެ އަވަހަށް ބެލެން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވިއެވެ. ކޮވިޑްގެ ހާލަތުގައިވެސް ސަރުކާރުން ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދީފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ސަރުކާރުން ރަނގަޅަށް މަަސައްކަތް ކުރެވެމުންދާ ކަމަށް ގާސިމް ވިދާޅުވެފައިވާއިރު، ދެ އަހަރު ތެރޭގައި ގޮތުން ތިން ސަތޭކަ އެތައް މަޝްރޫޢެއް ފަށާފައިވާއިވާ ކަމަށާއި، ގައުމަށް ކުރިމަތިވެފައިވާ ހާލަތާ އެކުވެސް، އޭގެ ތެރެއިން ޖުމްލަ 154 މަޝްރޫއެއް މިހާރުވެސް ހިނގަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން 156 މަޝްރޫއެއް ފެށުމަށް މިހާރު ވެސް ތައްޔާރީތައް ވަމުން އަންނަކަން އެމަނިކުފާނު ވަނީ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
67%
0%
33%
0%
0%
ކޮމެންޓް