ކ. މާލެ
|
20 ނޮވެންބަރ 2020 | ހުކުރު 00:52
ސެނަހިޔާ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ސްޓާފް ސާޖަންޓް ޝަރީފް
ސެނަހިޔާ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ސްޓާފް ސާޖަންޓް ޝަރީފް
އެމްއެންޑީއެފް
އޮޓޮމެޓިކް ސެނެޓައިޒަރ މެޝިން
އެމްއެންޑީއެފްގެ އޮފިސަރަކު އޮޓޮމެޓިކް ސެނެޓައިޒަރ މެޝިނެއް އުފައްދައިފި
 
މެޝިން މިހާރު ވަނީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ ދީދީއަށް ހަދިޔާ ކުރައްވައިފަ
 
މެޝިންގެ ވަކި ޚާއްޞަ ދިމާލަކަށް އަތް ދިއްކޮށްލުމުން، ސެނިޓައިޒް ކުރެވޭ
 
މި މެޝިނަކީ 1.5 ލީޓަރުގެ ސެނިޓައިޒަރ އެޅޭ އޮޓެމެޓިކް މެޝިނެއް
 
މިސެނިޓައިޒަރ މެޝިން އުފެެއްދީ މި ލޮކްޑައުންތެރޭގައި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސާޖަންޓް އޮފިސަރެއް އޮޓޮމެޓިކް ސެނިޓައިޒަރ މެޝިނެއް އުފައްދައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ މި މެޝިން އުފައްދާފައި ވަނީ މިލިޓަރީ ސެނަހިޔާ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ސްޓާފް ސާޖަންޓް ޝަރީފް ކަމަށެވެ. މި އޮޓޮމެޓިކް ސެނިޓައިޒަރ މެޝިން މިހާރު ވަނީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ ދީދީއަށް ހަދިޔާ ކުރައްވައިފައެވެ.

އޮޓޮމެޓިކް ސެނިޓައިޒަރ މެޝިން

އެމްއެންޑީއެފް އިން ބުނީ ޝަރީފް މި ސެނިޓައިޒަރ މެޝިން އުފެެއްދީ މި ލޮކްޑައުންތެރޭގައި ކަމަށާއި މި މެޝިނަކީ 1.5 ލީޓަރުގެ ސެނިޓައިޒަރ އެޅޭ އޮޓެމެޓިކް މެޝިނެއް ކަމަށެވެ. އަދި މި މެޝިން ފަރުމާ ކުރެވިފައި ވަނީ މެޝިންގެ ވަކި ޚާއްޞަ ދިމާލަކަށް އަތް ދިއްކޮށްލުމުން، ސެނިޓައިޒް ކުރެވޭ ގޮތަށެވެ.

ޑިފެންސް މިނިސްޓަރ މާރިޔާއަށް މި މެޝިން ހަދިޔާ ކުރެއްވުމަށްޓަކައި ޑިފެންސް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މެޝިން އުފެއްދި ސްޓާފް ސާޖަންޓް ޝަރީފްގެ ހުނަރުވެރި މަސައްކަތަށް ފާހަގަކުރައްވާ، ހިތްވަރު ދެއްވައި ޝަރީފަށް ޝުކުރު އަދާކުރެއްވި ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަށް އޮޓޮމެޓިކް ސެނިޓައިޒަރ މެޝިން ހަދިޔާ ކުރައްވައިފި

ސްޓާފް ސާޖަންޓް ޝަރީފް އުފެއްދި ސެނިޓައިޒަރ މެޝިން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއަށް ހަދިޔާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދު ﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް ޢަބްދުއްލަތީފްގެ އިތުރުން އެމްއެންޑީއެފްގެ ސަރޖަން ޖެނަރަލް ކާނަލް ޑޮކްޓަރު އަލީ ޝާހިދު މުޙައްމަދު ވެސް ބައިވެރިވެ ވަޑައިގަންނަވާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
11%
54%
0%
14%
19%
3%
ކޮމެންޓް