ކ. މާލެ
|
20 ނޮވެންބަރ 2020 | ހުކުރު 00:56
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރާއްޖެ އެމްވީ
ޖޭއެސްސީ
ޖޭއެސްސީ އުފެދިފައިވާ ގޮތް ބަދަލުކުރުމަށް އަދި ލަހެއްނުވޭ: ރައީސް ނަޝީދު
 
ނަޝީދު ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އިންނެވުމުން، އިދިކޮޅު ފަރާތްތަކުން އަންނަނީ ޖުޑިޝަރީއަށް ފާޑުކިޔަމުން
 
ޖޭއެސްސީ ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތް މި ފަސް އަހަރު ތެރޭ ކުރެވޭނެ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތް މި ފަސް އަހަރު ތެރޭ ކުރައްވާނެ ކަމަށާއި، އެކަން ކުރުމަށް އަދި ލަސް ނުވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން ޖޭއެސްސީއަށް އައްޔަންކުރެއްވި ބޭފުޅުންނަކީ ސިޔާސީ ބޭފުޅުން ކަމަށް ބުނެ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ހަމަ އެއާއެކު ރައްޔިތުން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އިންނެވުމުން، އިދިކޮޅު ފަރާތްތަކުން އަންނަނީ ޖުޑިޝަރީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ބުރާސްފަތި ދުވަހު މަޖިލިސް އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޖޭއެސްސީން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ހަރުދަނާ މަސައްކަތްތަކެއް ކަމަށާއި، ފަނޑިޔާރުގެއާއި ގުޅޭގޮތުން މީގެ ކުރިން ނުރަނގަޅު ވާހަކަތަކެއް ދެކެވުނު ނަމަވެސް، މިހާރު ފަނޑިޔާރުގެ އާއި ގުޅޭގޮތުން ދެކެވޭ އެ ޒާތުގެ ވާހަކަތައް މަދު ކަމަށެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުން އަޅުގަނޑަށް ފެންނަ ތަނުގައި ލަހެއް ނުވޭ. އެއީ ދިވެހި ރައްޔިތުންގެ ޕާޓީގެ ވައުދެއް. އެއީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ކަމެއް. އަޅުގަނޑު ދެކޭ ގޮތުގައި މި 5 އަހަރު ތެރޭގައި އެކަން ކުރާނެ. ޖޭއެސްސީ ދެން އެކުލަވާލާނީ ކޮން ގޮތަކަށްތޯ.
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ފަނޑިޔާރުންގެ ކަންކަން ބަލަހައްޓާ، ޖޭއެސްސީއަށް ބަދަލުތަކެއް ގެންނެވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުފުދުޅަކަށްވާއިރު، އެ ކޮމިޝަން ސިޔާސީ ނުފޫޒުން ސަލާމަތްކުރުމަކީ މި ސަރުކާރުން ވަކި ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ.

ޖޭއެސްސީގެ ރައީސްއަކަށް ތުޅާދޫ ދާއިރާގެ އެމްޑީޕިގެ މެންބަރު ހިސާން ހުސައިން އިންނަވާއިރު، ނައިބު ރައީސްއަކީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ މެންބަރު މަސްތޫރު ހުސްނީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް