ކ. މާލެ
|
19 ނޮވެންބަރ 2020 | ބުރާސްފަތި 16:56
ހޯރަފުށި އެއާޕޯޓްގެ ރަންވޭގައި ގައުމީ އެއާލައިންގެ ފްލައިޓެއް ޖައްސާފައި
ހޯރަފުށި އެއާޕޯޓްގެ ރަންވޭގައި ގައުމީ އެއާލައިންގެ ފްލައިޓެއް ޖައްސާފައި
ޝުއައިބް މުހައްމަދު އިގްބާލް
ހޯރަފުށި އެއާޕޯޓް
ހޯރަފުއްޓަށް ޝެޑިއުލް ދަތުރުތައް ފަށަނީ ނޮވެމްބަރު 26 ގައި!
 
އަގުތައް އުޅޭނީ އެއްވަރުގައި
 
ރައީސް ސޯލިހުގެ އިތުރުން ވަޒީރުން ބައިވެރިވެ ވަޑައިގެންނެވި
 
މިއީ މި ސަރުކާރުން ހެދި ފުރަތަމަ އެއާޕޯޓް

ބުރާސްފަތި ދުވަހު ހުޅުވި ''ހޯރަފުށި އެއާޕޯޓް'' އަށް ޝެޑިއުލް ދަތުރުތައް ފަށާނީ މި މަހުގެ 26 ވަނަ ދުވަހު ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

ހޯރަފުށި އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ރަށުގައި ހުންނަވާ ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މުސާ ވަސީމް ވިދާޅުވީ، ޑިސެމްބަރުން ފެށިގެން މާލެއާ ހޯރަފުއްޓާ ދެމެދު ހަފްތާއަކު ތިން ދަތުރު ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

އަޅުގަނޑުމެން މި ގަބޫލުކުރަނީ މި ސަރަހައްދުގައި ހުރި ގެސްޓު ހައުސްތަކަށް ފަތުރުވެރިކަމުގައި ބޭނުންކުރަމުންދާ ރަށަރަަށަށް އަޅުގަނޑުމެން މި ދަތުރުތަކުން ފައިދާތައް ލިބިގެންދާނެ ކަމަށް
މޫސާ ވަސީމް - މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަން މެނޭޖަރު

މޫސަ ވިދާޅުވީ، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް މޯލްޑިވިންގެ ފަރާތުން ބޭނުންވާ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. ދަތުރު އަގުތަކާއި ގުޅޭ ގޮތުން މޫސަ ވިދާޅުވީ، އަގުތައް އުޅޭނީ ހަނިމާދޫ ކުޅުދުއްފުއްޓަށް މޯލްޑިވިއަނުން ދަތުރުކުރަމުންދާ އަގުގައި ކަމަށެވެ.

އެއާޕޯޓަށް ފުރަތަމަ ޓެސްޓު ފްލައިޓް ޖައްސާފައިވަނީ ހޯމަ ދުވަހުއެވެ. ރަސްމީކޮށް އެއާޕޯޓް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ. މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުުރުން ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ބައިވެެރިވެވަޑައިގެންނެވިއެވެ.

ހޯރަފުށީ އެއާޕޯޓުގެ ރަންވޭ އާއި ޓެކްސީވޭ އަދި އޭޕްރަން ތަރައްގީކުރުމުގެ މަޝްރޫއުގެ އަގު 198 މިލިޔަނަށް އަރާއިރު، އެއާޕޯޓް ޓާމިނަލް އަދި ފަޔާ ބިލްޑިން ތަރައްގީކުރުމަށް 13.8 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އާބާދީގައި 3،000 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ހޯރަފުށީގައި އެއާޕޯޓް އެޅުމުން، އެ ރަށާ ކައިރީގައި އޮތް އިހަވަންދުއަށްވެސް ފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން ލޯންޗުގައި ތިން މިނެޓުން ފަސޭހަކަމާއެކު އިހަވަންދޫން ހޯރަފުށީ އެއާޕޯޓަށް އާދެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
82%
0%
18%
0%
0%
ކޮމެންޓް