ކ. މާލެ
|
19 ނޮވެންބަރ 2020 | ބުރާސްފަތި 17:00
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
ޗައިނާގެ ލޯނު
ޗައިނާގެ ލޯނު ރީސްޓްރަކްޗަރ ވެފައެއް ނެތް، މިވަގުތު އެލޯނެއް ނުދެއްކޭނެ: ރައީސް ނަޝީދު
 
އަންނަ އަހަރު ބަޖެޓުގެ 53 އިންސައްތަ ހޭދަވެގެން ދާނީ ދަރަނި ދެއްކުމަށް
 
ޖީ20 ގައުމުތަކުގައި ކޮވިޑުގެ ހާލަތަށް ފަހު ދަރަނި ލުއިކޮށްދިނުމުގެ މަސައްކަތްތަކެއް ކުރެވުނު
 
އެއްވެސް ދަރަންޏެއް ރީސްޓްރަކްޗަރ ކުރިކަން އެނގިވަޑައިގެންފައި ނެތް

އެއްވެސް ދަރަންޏެއް ރީސްޓްރަކްޗަރ ވެފައެއް ނެތް ކަމަށާއި އޭގެ ތެރޭގައި ޗައިނާ ވެސް ހިމެނޭ، ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސް ބައްދަލުވުމުގައެވެ. ނަޝީދު ވިދާޅުވީ އެއްވެސް ދަރަންޏެއް ރީސްޓްރަކްޗަރ ކުރިކަން އެނގިވަޑައިގެންފައި ނެތް ކަމަށާއި ނަމަވެސް ޗައިނާ ހިމެނޭހެން ޖީ20 ގައުމުތަކުގައި ކޮވިޑުގެ ހާލަތަށް ފަހު ދަރަނި ލުއިކޮށްދިނުމުގެ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އަދި އެކަމުގެ ތެރެއިން 6 ގައުމަކަށް ލުއި ދީފައިވާ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ބަޖެޓުގެ ބޮޑު ބައެއް ކަނޑައަޅާފައި ވަނީ ލޯނާއި ދަރަނި އަދާކުރަން ކަމަށާއި އޭގެ ތެރެއިން ވެސް އެންމެ ގިނަ ފައިސާ ހަރަދުވަނީ ރައީސް ޔާމިންގެ ސަރުކާރުން ޗައިނާގެ ބޮޑެތި ބޭންކުތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދައްކަން ކަމަށެވެ. އެގޮތުން އަންނަ އަހަރު ބަޖެޓުގެ 53 އިންސައްތަ ހޭދަވެގެން ދާނީ ދަރަނި ދެއްކުމަށްކަމީ ކަންބޮޑުވާ ކަމެއްކަން ވިދާޅުވިއެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވީ، ލޯނުތައް ރީސްޓްރަކްޗަރ ނުކުރެވިއްޖެނަމަ ލޯނުތައް ޑިފޯލްޓުވެ މައްސަލަތަކެއް ދިމާވާނެ ކަމަށެވެ. ނަމަވެސް ރައީސް ސޯލިހަށާއި މި ސަރުކާރަށް އިތުބާރު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުން ލޯނުތައް ރީސްޓްރަކްޗާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ދަރަނި އަދާ ކުރުމުގެ ކެޕޭސިޓީ، ނުވަދަ ދަރަނި އަދާކުރުމުގައި ޑިފޯލްޓްވާނެތޯ ނުވަތަ ނުވާނެތޯ. ލޯނުތަށް ރީސްޓްރަކްޗަރ ވެއްޖެއްޔަކާއެއް ޑިފޯލްޓްއެއް ނުވާނެ. ދެން އަޅުގަނޑު ވަރަށް އިތުބާރު ކުރަން ރައީސުލްޖުމްހޫރިއްޔާއަށް، އަޅުގަނޑު ވަރަށް އިތުބާރު ކުރަން ސަރުކާރަށް. އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރުން މި ލޯނުތަށް ރީސްޓްރަކްޗަރ ކުރާނެ. ނުކުރެވިއްޖެއްޔާ އަޅުގަނޑުމެންނަށް މައްސަލަ ދިމާވާނެ .
ރައީސް މުހައްމަދު ނަޝީދު

މީގެ އިތުރުން ނަޝީދު ވިދާޅުވީ ކޮވިޑް-19އާ ހެދި ރާއްޖެއަށް ހީނަރުކަން ލިބުނު ވަގުތުގައި ވެސް ޗައިނާއިން ނަގާފައިވާ ދަރަނިތައް ދެއްކުމަށް އެގައުމުން ލުޔެއް ދީފައި ނުވާ ކަމަށެވެ. އެއީ އިންސާފެއް ނޫން ކަމަށާއި އެގޮތަށް ރާއްޖެއާ ދޭތެރޭ ކަންތައްތައް ނުކުރުމަށް ވެސް އިލްތިމާސް ކުރެއްވި އެވެ.

ނަޝީދު މިހެންވިދާޅު ވެފައިވާއިރު ބުދަ ދުވަހު ޗައިނާގެ ސަފީރު ވަނީ ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނިޝިއޭޓިވް ގެ ދަށުން ބައެއް ލޯނުތައް ދެއްކުން ފަސްކޮށްދީފައެވެ. އަދި މިކަންވަނީ ރައީސް އޮފީހުން ޔަގީން ކޮށްދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
0%
0%
0%
ކޮމެންޓް