އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް މަޤާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅުއްވަން ނޫޅުއްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ފައްޔާޒު ވަކި ކުރައްވަން ނޫޅުއްވާކަމަށާއި ކުރިއަށް ގެންދިޔައީ އެމްޑީޕީގެ އެތެރޭގެ މަޝްވަރާތަކެއް ކަމަށެވެ.
އަދި ސަރުކާރު ޒިންމާދާރު ކުރުވުމާއި ރައްޔިތުންނަށް އެންމެ ރަނގަޅުގޮތަށް ކަންކަން ނިންމުމަކީ އެމަނިކުފާނުގެ މަސްއޫލިއްޔަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަަމަށް ވިދާޅުވިއެވެ.
އިނގިވަޑައިގަންނަވާނެ އަޅުގަނޑުމެން މަސައްކަތް ކުރަމުން އަޅުގަނޑުމެން ދެކޭ ގޮތުގައި އަޅުގަނޑުމެންގެ ޕާޓީގެ އެތެރޭގެ ބަހުސްތައް ހިންގަންޖެހޭ. އެ ބަހުސްތަކަކީ އެމްޑީޕީގެ އެކއެކި ގުނަން ތަކުގެތެރޭގައި ހިނގަމުންދާނެ ބަހުސްތައް.އެއީ ގައުމީ މަޖިލިސްގައި ގައުމީ ހިންގާ ކޮމިޓީގައި އަދި އެމްޑީޕީގެ ކޮންގްރެސްގައި އެހެން ނުވެއްޖިއްޔާމުން ވަކި ވަޒީރަކު އަޅުގަނޑުމެން ރުހޭތޯ ނުރުހޭތޯ ކޮބައިތޯ ސަރުކާރަށް އެންމެ ރަނަގަޅު ގޮތަކީ ކޮބާތޯ ޕާޓީއަށް އެންމެ ރަނަގޅު ގޮތަކީ ކޮބާތޯ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ ، ކޮން އިރެއްގައި ކޮން ވާހަކައެއްތޯ އަޅުގަނޑު ފާހަގަކުރާން ޖެހެނީ، އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުގެ މަސްއޫލިއްޔަތެއްރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ބޭފުޅަކު ހިތްހަމަ ޖެހިވަޑައިގަތަސް އަދި ނުގަތަސް ކަންކަން ގޯސްކޮށްދާނަމަ އެވާހަކަ ދައްކަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަޅުގަނޑު މިތަނަށް މި ހުއްޓި މި ހުންނަނީ އެނގިވަޑައިގްނަވާނެ މީގެ 30 އަކަށް އަހަރުއްސުރެ ފަހަތުގައިވާ ވަރަށް ބޮޑު މާޒީއަކާއިއެކު، އަޅުގަނޑުގެ މަސްއޫލިއްޔަތެއް ގޮތުގައި ދެކި އަޅުގަނޑު މިހުރީ އެއްވެސް ކަމެއް ގޯސްކޮށް އެއްވެސްތާކު ހިނގަންޏާއި އެވާހަކައެއް އަޅުގަނޑު ބުނާނަމޭ. ވަރަށް ސާފުކޮށް އަޅުގަނޑު އެވާހަކައެއް ބުނާނަމޭ ، ދެން އެކަމާއި ބޭފުޅުން ހިތްހަމަ ޖެހި ވަޑައިގަތަސް އަދި ހިތްހަމަ ޖެހި ނުވަޑައިގަތަސް ވެސް އަޅުގަނޑު އެކަމަކާއި ކުރާނެ ކަމެއް ނެތްރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ފައްޔާޒުގެ އިތުބާރުނެތްކަމުގެ ވޯޓުނަގަން މަސައްކަތް ނުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، އެމަނިކުފާނު އިސްވެހުންންވާ ފައްޔާޒުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މެންބަރުގެ ސޮއި ހޯއްދެވުމުގެ މަސައްކަތް ކުރެއްވި އެވެ.
އަދި ނަޝީދު ވަނީ ފައްޔާޒަށް ބަހުގެ ހޫނު ހަމަލާތަކެއްވެސް ރައްދުކުރައްވާފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.
އަދި އެ މައްސަލައަށް 30 މެމްބަރުންގެ ތާއީދު ލިބިފައިވާ ކަން ރައީސް ނަޝިދު ފާހަގަ ކުރެއްވި އެވެ.
އޭގެ އިތުރުން އެ މެމްބަރުންނަށް ދިމާކޮށް ނުފޫޒު ނުފޯރުވުމަށާއި "ބުރޯ" ހެދިގެން ނޫޅުއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
އެމައްސަލައިގައި އެމްޑީޕީގެ މަޖިލީސް މެންބަރުންގެ މެދުގައި ޚިޔާލުތަފާތުވުންތައް އުފެދުނެވެ.