ކ. މާލެ
|
19 ނޮވެންބަރ 2020 | ބުރާސްފަތި 17:03
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ޔޫސުފް ސޮފްވާން ރަޝީދު
ޖިނާއީ މައްސަލަތައް ތަޙުޤީޤު ކުރުން
ޖިނާއީ މައްސަލަތައް ތަޙުޤީޤު ކުރުމުގައި މީރާއިން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު އާންމުކޮށްފި
 
މައްސަލަ ހުށަހެޅުމުގައި ޢަމަލުކުރާނެ އުސޫލުތައް ހިމަނާފައިވޭ

ޖިނާއީ މައްސަލަތައް ތަޙުޤީޤު ކުރުމުގައި މީރާއިން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު 16 ނޮވެންބަރު 2020 ގައި ގެޒެޓްކޮށްފި އެވެ.

މި ގަވާއިދަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ބާރު ލިބިގެން އަދި މީރާގެ އިޚްތިޞާޞް ހިމެނޭ ދާއިރާތަކާއި ކަންކަމުގެ ތެރެއިން، ޓެކުހާ ގުޅޭ ޖިނާއީ ކުށުގެ ތަޙުޤީޤުތައް ކުރިޔަށް ގެންދިއުމުގައި މީރާއިން ޢަމަލުކުރާނެ އުސޫލު ބަޔާންކޮށް ތައްޔާރުކޮށްފައިވާ ގަވާއިދެއްކަމަށް މީރާއިން މައުލޫމާތުދެއެވެ. އަދި، މި ގަވާއިދަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުން މީރާއަށް ދީފައިވާ ބާރުތަކުގެ ބޭރުން އިތުރު ބާރުތަކެއް ލިބިދޭ ގަވާއިދެއްނޫން ކަމަށް ވެސް މީރާއިން މައުލޫމާތުދެއެވެ. މީރާއަކީ، 2010 ވަނަ އަހަރު ތަޞްދީޤުކޮށްފައިވާ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ތަޙުޤީޤު ކުރުމުގެ ބާރު ލިބިފައިވާ މިނިވަން، މުސްތަޤިއްލު، މުއައްސަސާއެކެވެ.

މީރާއިން މައުލޫމާތުދޭގޮތުގައި، މި ގަވާއިދުގައި، ޓެކުހާ ގުޅޭ ކުށެއް ކޮށްފިކަން، ނުވަތަ ކުށެއް ކުރާކަމުގެ، ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މައުލޫމާތު މީރާއަށް ހުށަހެޅުމުން، މީރާއިން ޢަމަލުކުރާނެ ގޮތާއި، މައްސަލަ ހުށަހެޅުމުގައި ޢަމަލުކުރާނެ އުސޫލުތައް ހިމަނާފައިވެއެވެ. އަދި، މީރާއިން ކުރިޔަށްގެންދާ ތަޙުޤީޤަކާ ގުޅިގެން މީހުން ހާޒިރުކުރުމާއި ސުވާލުކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް މި ގަވާއިދުގައި ކަނޑައަޅާފައިވާނެކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން، މި ގަވާއިދުގައި މީރާއިން ކުރިޔަށްގެންދާ ތަޙުޤީޤަކާ ގުޅިގެން، ބަލައި ފާސްކުރުމާއި ތަކެތި ހިފެހެއްޓުމުގައި ޢަމަލުކުރާނެ އުސޫލުތައް، އަދި މި ފަދަ ތަޙުޤީޤަކާއި ގުޅިގެން ޕާސްޕޯޓް ހިފެހެއްޓުމާއި ބޭންކް އެކައުންޓު މޮނިޓަރކުރުމާއި އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމުގައި ޢަމަލުކުރާނެ އުސޫލުތައްވެސް ކަނޑައަޅާފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް