ކ. މާލެ
|
19 ނޮވެންބަރ 2020 | ބުރާސްފަތި 16:53
ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ހޯރަފުއްޓަށް ވަޑައިގަތުން
ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ހޯރަފުއްޓަށް ވަޑައިގަތުން
ޝުއައިބް މުހައްމަދު އިގްބާލް
ހޯރަފުށި އެއަރޕޯޓް ހުޅުވުން
ރާއްޖޭގެ ފުރަތަމަ ބީޗް ފްރަންޓް އެއަރޕޯޓް ހުޅުވައިފި
 
އެއަރޕޯޓް ތަރައްގީކުރީ އެ ރަށުގެ ފަޅުން ބައެއް ހިއްކައިގެން
 
އެއަރޕޯޓްގައި ޓެސްޓް ފްލައިޓް ޖައްސާފައިވަނީ މިދިޔަ ހޯމަ ދުވަހު
 
އެއަރޕޯޓް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު

ރާއްޖޭގެ ފުރަތަމަ ބީޗް ފްރަންޓް އެއަރޕޯޓް ކަމަށްވާ ހޯރަފުށީ އެއަރޕޯޓް ރަސްމީކޮށް ހުޅުވައިފިއެވެ.

އެއަރޕޯޓް ހުޅުއްވައިދެއްވީ ބުރާސްފަތި ދުވަހު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙުއެވެ.

މި ރަސްމިއްޔާތުގައި ސަރުކާރުގެ އެކި ވުޒާރާތަކުގެ ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންނާއި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހޯރަފުށީ އެއަރޕޯޓްގައި ޓެސްޓް ފްލައިޓް ޖައްސާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. ގިނަ އަދަދެއްގެ ހޯރަފުށީ ރައްޔިތުން ވަނީ އެއާޕޯޓް ސަރަހައްދުގައި ޓެސްޓު ފްލައިޓްއިން އައި ފަރާތްތަކަށް މަރުހަބާ ކިޔާފައެވެ.

ހޯރަފުށީގައި ތަރައްގީކުރި އެއަރޕޯޓްގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުއެވެ. އަދި އެއަރޕޯޓް ޓާމިނަލް އަދި ފަޔަރ ބިލްޑިން ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް 2020 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 13 ވަނަ ދުވަހު އެމްޓީސީސީއާއި ހަވާލުކޮށްފައި ވަނީ 80 ދުވަހުގެ މުއްދަތަށެވެ.

މި އެއަރޕޯޓްގެ ރަންވޭއާއި ޓެކްސީވޭ އަދި އޭޕްރަން ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަގު 198 މިލިއަނަށް އަރާއިރު އެއަރޕޯޓް ޓާމިނަލް އަދި ފަޔަރ ބިލްޑިން ތަރައްގީ ކުރުމަށް 13.8 މިލިއަން ރުފިޔާ ހަރަދުވި ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

ހޯރަފުށީ އެއަރޕޯޓް ތަރައްގީކުރީ އެ ރަށުގެ ފަޅުން ބައެއް ހިއްކައިގެންނެވެ. މި އެއަރޕޯޓުގައި ހަދާފައިވަނީ 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއެކެވެ. އަދި ޓެކްސީވޭ އަކާއި، ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއަރޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސް ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
7%
67%
0%
0%
7%
20%
ކޮމެންޓް