2021 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓު އަދިވެސް ކުޑަކަމަށާއި، ބަޖެޓް އިތުރަށް ބޮޑުކުރަން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ސަރުކާރު ކޯލިޝަންގެ ތެރޭގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމްލަ އަދަދަކީ 34.7 ބިލިއަން ރުފިޔާ އެވެ.
ރާއްޖެ.އެމްވީ އަށް ފޮނުއްވި ޓެކްސްޓް މެސެޖެއްގައި ގާސިމް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓަކީ ރަނގަޅު ބަޖެޓެއް ކަމަށާއި، ނަމަވެސް ދަރަނި ބޮޑު ބަޖެޓެއް ކަމަށެވެ. ގާސިމް ސިފަކުރެއްވި ގޮތުގައި ބަޖެޓް ކަމުނުގޮސްގެން އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުން ވައްޓައި ނުލެވިގެން އުޅޭ މީހުން ކަމަށެވެ.
ފިނޭންސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ގާސިމް ވިދާޅުވީ، މިހާރު ކުރަން ޖެހޭ ކަމަކީ އެތެރޭގެ ދަރަނިތަކުގެ ތެރެއިން އެމްއެމްއޭ އިން ނަގާފައި ހުރި ދަރަނި އޯފް ކުރުން ނުވަތަ ރައިޓް އޮފް ކުރުން ކަމަށެވެ.
އެއީ މި ދެ އަހަރު ތެރޭގައިވެފައިވާ ދަރަނި ކަމުގައި ނުވާތީޔާ 2005 އިން ފެށިގެން އަރަމުން އަންނަ ދަރަނި ކަމުން އެ ރައިޓް އޮފް ކުރުމަކުން މިހާރު ދެން އަންނާނީ އިތުރު ނުބައެއް ނެތީމާވެސް. އަދި މިގޮތަށް ދަރަނިކޮށް ފާސް ކުރިޔަސް ފައިސާ ލިިބިގެން ނޫނީ ހަރަދު ނުކުރެވޭނެތާގާސިމް އިބްރާހިމް - ޖޭޕީގެ ލީޑަރު
ކޮންމެ އަހަރަކުވެސް ފާސްކުރާ ބަޖެޓްގައިވާ ހުރިހާ ފައިސާ އަކީ ލިބޭ ފައިސާއަކަށް ނުވާއިރު އަދި ހަރަދުވެސް ނުކުރެވޭއިރު، މަޖިލީހުން ބަޖެޓް ތާށީކުރިމާ ރައްޔިިތުން ޖެހޭނީ ބަނޑަށް ކަމަށް ވިދާޅުވެ ގާސިމް ފާޑުވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ، ބޭރުން ނަގާފައިވާ ލޯނުތައް ދައްކަން ޖެހޭ މުއްދަތު އިތުރު ކުރުމަށް ސަރުކާރުންކުރާ މަސައްކަތަށް މަޖިލީހުގެ އެހީތެރިކަން ދޭން ޖެހޭ ކަމަށާއި އެކަން ނުވެއްޖެނަމަ ލިބޭ ގެއްލުންތައް ހުރިހާ ރައްޔިތުން ތަހައްމަލު ކުރަން ޖެހޭ ކަމަށެވެ.
ވަކި ގައުމަކަށް ޖެހިނުގަނެ ހުރިހާ ބަޔަަކާއި ވަރުގަދަ ގުޅުން ބާއްވައިގެން ވަކި ބއެއްގެ އަތްދަށުނުވެ ކުރިޔަށް ދާންވީގާސިމް އިބްރާހިމް - މާމިގިލި ދާއިރާގެ މެމްބަރު
އެއަށް ފަހު ގާސިމް ވިދާޅުވީ ބަޖެޓް އަދިވެސް ކުޑަ ކަމަށާއި، ސަރުކާރުން މިއަދު ރައްޔިތުންނަށް އެހީވާންވީ ވެވުނު އެންމެ ބޮޑަަށް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އެކަން ނުކޮށް ސަރުކާރާ ދިމާކުރަމުން ގެންދިޔުމަކީ މުޅި ގައުމުގެ ހަލާކު ކަމަށްވާއިރު، މިހާރު އޮތް ގޮތަށް ބަޖެޓް ފާސްކޮށްދެއްވުމަށް ގާސިމް ވަނީ ގޮވާލައްވާފަ އެވެ. މި ފަހުން މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބާއްވަން ފެށި ފަހުން ގާސިމް ވަޑައެއް ނުގަންނަވަ އެވެ. އެއީ އޭނާ އަކީ ކޮވިޑް-19 ގެ ހައިރިސްކު ކެޓަގަރީގެ މީހުންގެ ތެރޭގައި ހިމެނޭ ފަރާތަކަށްވާތީއެވެ.
ބަޖެޓްގެ ބަހުސްކޮށް ނިންމާލާފައިވާއިރު، ކޮމިޓީ މަރުހަލާގައި ބަޖެޓަށް މާބޮޑު ބަދަލެއް އަންނާނެ ކަމަށް ލަފާނުކުރެވޭ ކަމަށް ބަޖެޓް ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ވަނީ ވިދާޅުވެފަ އެވެ.