ކ. މާލެ
|
18 ނޮވެންބަރ 2020 | ބުދަ 14:20
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މަޖިލިސް
މަޖިލީހުގެ ޖަލްސާ
މިރޭ މެންދަމާ ހަމަޔަށް މަޖިލީހުގެ ޖަލްސާ ކުރިއަށް ދާނެ!
 
ބަޖެޓަށް ބަހުސްކުރުމަށް 15 މިނެޓްގެ އެއް ފުރުސަތެއް ލިބިގެންދާނެ
 
ޖަލްސާގެ ވަގުތު އިތުރުކުރުމަށް 30 މެމްބަރުން ވޯޓުދެއްވި

މިރޭ މެންދަމާ ހަމަޔަށް ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ޖަލްސާގެ ވަގުތު އިތުރުކުރުމަށް 30 މެމްބަރުން ވޯޓުދެއްވި އެވެ.

މިހާރު މަޖިލީހުގައި ކުރިއަށްދާ މަސައްކަތަކީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުމެވެ.

އެގޮތުން ކޮންމެ މެމްބަރަކަށް ވެސް ބަޖެޓަށް ބަހުސްކުރުމަށް 15 މިނެޓްގެ އެއް ފުރުސަތެއް ލިބިގެންދާއިރު ބަހުސްގެ މަރުހަލާގައި މެމްބަރުން ފާހަގަކުރައްވާ ކަންތައްތަކަށް ޖަވާބު ދެއްވުމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރަށް 40 މިނެޓްގެ ވަގުތެއް ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

ހުރިހާ މެމްބަރުން ބަހުސް ކުރެއްވުމުން، ބަހުސް ގައި ފާހަގަކުރެއްވި ކަންކަން ފޮނުވޭނީ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރުމަށް އެކުލަވާލާފައިވާ ބަޖެޓު ކޮމިޓީއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
0%
0%
0%
ކޮމެންޓް