ކ. މާލެ
|
18 ނޮވެންބަރ 2020 | ބުދަ 11:38
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ހަރުގޭގައި ވާހަކަދައްކަވަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ހަރުގޭގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ދަރަނި ދެއްކުން ް
މާމަގެ ފައްޓަރު ބައި ވިއްކާލައިގެން ވެސް ކުރީ ސަރުކާރުގެ ދަރަންޏެއް ނުދެއްކޭނެ: ނަޝީދު
 
މިއަހަރު ބާކީ އޮތް މަސްތަކުގައި ޗައިނާއަށް 83 މިލިއަން ޑޮލަރު ދައްކަންޖެހޭ
 
2021 ގައި ދައުލަތުގެ އާމްދަނީގެ 53% ހޭދަ ކުރަން ޖެހޭނީ ދަރަނި ދެއްކުމުގައި

މާމަގެ ފައްޓަރު ބައި ވިއްކާލައިގެން ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ސަރުކާރުން ނަގާފައިވާ ދަރަނި ނުދެއްކޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ފައްޓަރު ބައެއްގެ ފޮޓޯއަކާއި އެކު ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ މިއަދު މަޖިލީހުގައި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރެވެމުން އަންނައިރު 2021 ގައި ދައުލަތުގެ އާމްދަނީގެ 53 އިންސައްތަ ހޭދަ ކުރަން ޖެހޭނީ ދަރަނި ދެއްކުމުގައި ކަމަށެވެ.

އަދި މީގެ 80 އިންސައްތަ އަކީ ޗައިނާ އަށް ދައްކަން ޖެހޭ ފައިސާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަޝީދު އިތުރަށް ވިދާޅުވީ މިއީ ދައުލަތަށް މި ވަގުތު ނެގޭނެ ބުރައެއް ނޫން ކަމަށާއި މާމަގެ ފައްޓަރު ބައި ވިއްކާލައިގެން ވެސް އެދަރަންޏެއް ނުދެއްކޭނެ ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އަންގާރަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން އެމްޑީޕީ ހަރުގޭގައި ބޭއްވި ރަސްމިއްުޔާތެއްގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ ކޮވިޑާއި ގުޅިގެން އިގްތިސާދު ހީނަރުވެފައި މިވާ ދަނޑިވަޅުގައި ކުރީގެ ސަރުކާރުން ޗައިނާއިން ނަގާފައިވާ ލޯނުތައް، ދެއްކުމުގައި އެއްވެސް ލުޔެއް ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

މިއަހަރުގެ ބާކީ އޮތް މަސްތަކުގައި ޗައިނާއަށް 83 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވެފައިވަނީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުން ކިތަންމެ 'ހުތުރު' މަންޒަރެއް ސިފަވެގެން ދިޔަ ނަމަވެސް އެ ހުތުރު ކަމަކީ މި ސަރުކާރުން ގެނައި ހުތުރު ކަމެއް ނޫން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މި ދަނޑިވަޅުގައި ވެސް ޖެހެނީ ކުރީ ސަރުކާރުން ނެގި ދަރަނިތައް ދެއްކުމަށްޓަކައި އަމިއްލަ 'ފައްޓަރު ބައި ވިއްކާލަން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
50%
50%
0%
0%
ކޮމެންޓް