ކ. މާލެ
|
18 ނޮވެންބަރ 2020 | ބުދަ 11:15
ގެސްޓު ހައުސްގެ ވިޔަފާރި އެންމެ ފުޅާކޮށް ކުރަމުންދާ މާފުށީ މަގުމަތީގެ މަންޒަރެއް
ގެސްޓު ހައުސްގެ ވިޔަފާރި އެންމެ ފުޅާކޮށް ކުރަމުންދާ މާފުށީ މަގުމަތީގެ މަންޒަރެއް
ގޫގްލް މެޕްސް
ގެސްޓު ހައުސް ހުޅުވުން
91 ގެސްޓް ހައުސް ހުޅުވަން ހުއްދަދީފި
 
ގެސްޓު ހައުސްތައް ހުޅުވާލައިފައި ވަނީ އޮގަސްޓު މަހުގެ 15 ވަނަ ދުވަހު
 
މިނިސްޓްރީން ވަނީ އުސޫލެއް އެކުލަވާލާފައި
 
8 އަތޮޅެއްގައި އޮޕަރޭޓްކުރާ ގެސްޓު ހައުސްތަކަކަށް ވަނީ ހުއްދަ ދީފައި

22 އަތޮޅެއްގެ 91 ގެސްޓު ހައުސް ހުޅުވަން ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދީފިއެވެ.

މި މަހުގެ 17 ވަނަ ދުވަހާ ހަމަޔަށް 91 ގެސްޓް ހައުސްއެއް ހުޅުވުމުގެ ހުއްދަ އަލުން ދޫކޮށްފައިވަނީ 8 އަތޮޅަކުން 22 ރަށެއްގައި ހިންގާ ގެސްޓު ހައުސްތަކަށެވެ.

އެ ރަށްތަކަކީ ނ. ފޮއްދޫ، ބ. ދަރަވަންދޫ، ބ.ފިނޮޅަސް، ބ. ކަމަދޫ، ކ. ގާފަރު، ކ. ގުޅި، ކ. ހިންމަފުށި، ކ. ހުރާ، ކ. މާފުށި، ތ. ތުލުސްދޫ، އއ. މަތިވެރި، އއ. ރަސްދޫ، އއ. ތޮއްޑޫ، އއ. އުކުޅަސް، އދ. ދިގުރަށް، ވ. ފުލިދޫ، ވ. ކެޔޮދޫ، ވ. ތިނަދޫ ،ޏ. ފުވައްމުލައް އަދި ސ. ފޭދޫ ގެ އިތުރުން ސ. މަރަދޫ ފޭދޫ އެވެ.

  • ނ. ފޮއްދޫ 1
  • ބ. ދަރަވަންދޫ 2
  • ބ. ފިނޮޅަސް 1
  • ބ. ކަމަދޫ 1
  • ކ. ގާފަރު 1
  • ކ. ގުޅި 2
  • ކ. ހިންމަފުށި 3
  • ކ. ހުރާ 8
  • ކ. މާފުށި 11
  • ތ. ތުލުސްދޫ 5
  • އއ. މަތިވެރި 3
  • އއ. ރަސްދޫ 4
  • އއ. ތޮއްޑޫ 15
  • އއ. އުކުޅަސް 9
  • އދ. ދިގުރަށް 3
  • ވ. ފުލިދޫ 7
  • ވ. ކެޔޮދޫ 2
  • ވ. ތިނަދޫ 2
  • ޏ. ފުވައްމުލައް 3
  • ސ. ފޭދޫ 1
  • ސ. މަރަދޫ ފޭދޫ 1

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވާލާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ގެސްޓު ހައުސްތައް ހުޅުވާލާފައިވަނީ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުއެވެ. ގެސްޓު ހައުސްތައް ހުޅުވާލާފައިވަނީ އެކަމަށްޓަކައި ހާއްސަ ގައިޑްލައިންއާ އެކުއެވެ.

އެ ގައިޑްލައިން ގައި ރަށްރަށަށް ގޮސް އުޅޭ ފަތުރުވެރިންނާއި އެ ރަށް ރަށުގެ އާންމު ރައްޔިތުން އަމަލުކުރަން ޖެހޭ ހާއްސަ އުސޫލެއް ވަނީ ހިމަނާފައެވެ. ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ގެތަކަށް ދިއުން މަނާ ވާނެއެވެ. އަދި ރައްޔިތުންގެ ގޮސް އުޅޭ ކެފޭ ރެސްޓޯރެންޓް ތަކުން ހިދުމަތް ހޯދަން ބޭނުންވާ ފަތުރުވެރިންނަށް ހިދުމަތް ދޭނެ ވަކި އިންތިޒާމުތަކެއް ހަމަޖައްސަން ޖެހޭނެ ކަމަށްވެސް އުސޫލުގައި ބުނެއެވެ.

ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް 57،350 ފަތުރުވެރިއަކު ވަނީ ރާއްޖެ އަށް ޒިޔާރަތް ކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝިޔާއިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
33%
0%
0%
67%
ކޮމެންޓް
19 ނޮވެންބަރ 2020 | ބުރާސްފަތި 09:38
ފާތުމަ
ބ އަތޮޅުގަ ކިނޮޅަސް އެއް ނޯވޭ