ކ. މާލެ
|
18 ނޮވެންބަރ 2020 | ބުދަ 11:40
މަޖިލީހުގެ ޖަލްސާ އަޑުއެހުމަށް އައި ސްކޫލް ދަރިވަރުން
މަޖިލީހުގެ ޖަލްސާ އަޑުއެހުމަށް އައި ސްކޫލް ދަރިވަރުން
މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ
ބުދަ ދުވަހުގެ ޖަލްސާ އަޑުއެހުމަށް ސްކޫލް ދަރިވަރުން ބައިވެރިވަނީ
 
މިފަދަ ކަންކަމަކީ އިންތިހާއަށް ބޭނުންތެރި ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް
 
އެކި ސްކޫލްތަކުގެ 20 ދަރިވަރެއް ޖަލްސާ އަޑުއެހުމަށް ބައިވެރިވެފައިވޭ

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަޑުއެހުމަށް ސްކޫލް ދަރިވަރުން ބައިވެރިވެއްޖެ އެވެ.

މިކަން ހާމަކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މާލޭގެ އެކި ސްކޫލްތަކުގެ 20 ދަރިވަރެއް ޖަލްސާ އަޑުއެހުމަށް ބައިވެރިވެފައިވާ ކަމަށެވެ.

އަޅުގަނޑުމެންނާއި އެކުގައި މިއަދު ޖަލްސާގައި އަޑުއެހުމުގައި ބައިވެރިވެވަޑައިގަންނަވާ ދަރުމަވަންތަ ސްކޫލްގެ ދަރިވަރުންނާއި ހިރިޔާ ސްކޫލްގެ ދަރިވަރުންނާއި މަޖީދިއްޔާ ސްކޫލްގެ ދަރިވަރުންނާއި ތާޖުއްދީން ސްކޫލްގެ ދަރިވަރުންނާއި އަމީނިއްޔާ ސްކޫލްގެ ދަރިވަރުންނާއި އިސްކަންދަރު ސްކޫލްގެ ދަރިވަރުންނާއި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުންނާއި އަދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުން. މުޅި ޖުމްލަ 20 ކުދިން އެބަ ޖަލްސާ އަޑުއަހާ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަޑުއެހުން ސްކޫލްތަކުގެ ޕްރޮގްރާމްގެ ތެރެއިން ކުރިއަށް ގެންދިއުމަކީ ރާއްޖޭގެ ޑިމޮކްރެސީއަށާއި މަޖިލީހުގެ މަސައްކަތަށް ވެސް، އަދި މަދަރުސާ ކުދިންގެ ހޭލުންތެރި ކަމަށްވެސް އިންތިހާއަށް ބޭނުންތެރި ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަދި އުއްމީދު ކުރައްވަނީ މާލެ ނޫން ރަށްރަށުގެ މަދަރުސާތަކުގެ ކުދިންނަށް ވެސް މާލެއަށް ދަތުރެއްކޮށް، ޖަލްސާ ބަލާލުމުގެ ފުރުސަތު އެ މަދަރުސާއިންނާއި އަމީން އާއްމު ވެސް ހަމަޖައްސަވައިދެއްވުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
50%
50%
0%
0%
0%
ކޮމެންޓް