ކ. މާލެ
|
18 ނޮވެންބަރ 2020 | ބުދަ 09:17
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ
ޔޫސުފް ސޮފްވާން ރަޝީދު
ފަނޑިޔާރުން ވަކި ކުރުން
ގާޒީ ބާރީއާޢި އެކު ދ. އިސް މެޖިސްޓްރޭޓް ރައްޒާގް ވަކި ކުރުމުގެ މައްސަލަ ކޮމިޓީއަށް
 
ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ވަކި ކުރުމުގެ މައްސަލަ ފޮނުވީ އާދީއްތަ ދުވަހު
 
ގަޒީ ބާރީގެ ނާޖާއިޒު ގޮތުގައި ހޯދައިފައިވާ ފައިސާގެ މައްސަލަތަކެއް ހިމެނޭ
 
ގާޒީ ބާރީ މިހާރުވެސް ހުރީ ސަސްޕެންޝަން ގައި

ޖުވެނައިލް ކޯޓުގެ ގާޒީ ޢަބްދުލް ބާރީ ޔޫސުފް އާއި ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގް މުހައްމަދު ފަނޑިޔާރު ކަމުގެ މަޤާމުން ވަކި ކުރުމަށް އެދި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

ގާޒީ ބާރީ ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކުރުމުގެ މައްސަލަ ޖޭއެސްސީން މަޖިލީހަށް ހުށައެޅީ އަންގާރަ ދުވަހު އެވެ.

ޖޭއެސްސީން ބުނީ، އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ޚިޔާނާތްތެރިވި ފައިސާއިން މާލީ މަންފާ ލިބިފައިވާ ފަނޑިޔާރުންގެ ތެރެއިން ޤާޒީ ބާރީ ގެ ޖިނާޢީ ތަޙްޤީޤު ކުރަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކޮމިޝަނަށް އަންގާފައިވާތީ ގާޒީ ބާރީ މިހާރުވެސް ހުންނެވީ ސަސްޕެންޝަން ގައި ކަމަށެވެ.

ގާޒީ ބާރީއާ ގުޅިގެން ޖޭއެސްސީން ބަލާފައިވާ މައްސަލަތައް:

  • އެމް.އެމް.ޕީ.އާރް.ސީ މެދުވެރިކޮށް ޚިޔާނާތްތެރިވި ފައިސާއިން ޤާޟީ ޢަބްދުލްބާރީ ޔޫސުފު މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލަ
  • މެއި 2014 އިން ފެބްރުއަރީ 2018 އަށް ޤާޟީ ޢަބްދުލްބާރީ ޔޫސުފް ޢަމަލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވި މައްސަލައާއި މި މުއްދަތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި، މި ވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައިނުވާކަމަށް ބުނެ ތަޙްޤީޤުކޮށްފައިވާ މައްސަލަ
  • ކުރީގެ ނައިބްރައީސް އަދީބު ޢަބްދުލްޣަފޫރުގެ ކާރު ޕާކްކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުންތަކަކާއެކު ބޭއްވި ބައްދަލުވުންތަކެއްގައި ޤާޟީ ޢަބްދުލްބާރީ ޔޫސުފު ބައިވެރިވިކަން
  • ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޙުކުމްކުރުމުގެ ކުރިން އެ މައްސަލައިގެ ޙުކުމުގެ ކޮޕީއެއް އެއިރުގެ ނައިބުރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރަށް ފޮނުވުމަށް ޤާޟީ ޢަބްދުލްބާރީ ޔޫސުފު އެޙުކުމް ދިންކަން
  • ޤާޟީ ޢަބްދުލްބާރީ ޔޫސުފަށް ފްލެޓެއް ބޭނުންވުމުން، ޤާޟީ ޢަބްދުލްބާރީ ޔޫސުފުގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައިދިނުމަށް ނިންމިކަން
  • އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން 500,000.00 (ފަސް ލައްކަ) ދިވެހި ރުފިޔާ ޤާޟީ ޢަބްދުލްބާރީ ޔޫސުފަށް ދީފައިވާކަން
  • ޤާޟީ ޢަބްދުލްބާރީ ޔޫސުފްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފްލެޓް ގަތުމަށް އެޑްވާންސަށް 600،000.00 (ހަ ލައްކަ ރުފިޔާ) ނަގުދު ފައިސާއިން ޤާޟީ ޢަބްދުލްބާރީ ޔޫސުފް ދައްކާފައިވާއިރު، އެފައިސާއަކީ ޢަބްދުލްބާރީ ޔޫސުފް ނާޖާއިޒު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި މިކޮމިޝަނުން ކުރި ތަޙްޤީޤަށް އެނގުން

މީގެއިތުރުން ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގް މުހައްމަދު ވަކިކުރުމުގެ މައްސަލަ ޖޭއެސްސީން މަޖިލީހަށް ފޮނުވީ އާދީއްތަ ދުވަހު އެވެ.

ޢަބްދުއްރައްޒާޤް މުޙައްމަދުގެ މައްޗަށް އެ ކޮމިޝަނުން ބަލާފައިވާ މައްސަލައަކީ ދ. އެނބޫދޫ ގޯއްޗެއްގައި ކޮށްފައިވާ ޢިމާރާތުގެ އަގު ހޯދުމަށް، މީހަކު އޭނާގެ އަނބިމީހާގެ މައްޗަށް ދަޢުވާ ކޮށްފައިވާ މައްސަލައަކާއި އެއްވެސް ސަބަބެއް ނެތި އަނބިމީހާ ވަރިވާން އުޅޭކަމަށް ބުނެ އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެއްގައި ގޮތް ނިންމާފައިވަނިކޮށް، އެ ދެ ޤަޟިއްޔާ ހިންގުމަށްޓަކައި މެޖިސްޓްރޭޓް ޢަބްދުއް ރައްޒާޤް މުޙައްމަދު ކޯޓުގެ ކޯޓު އަމުރު ނެރެ، ދަޢުވާ ރައްދުވާ ފަރާތް ބަންދުގައި ބަހައްޓައިގެން ދ.މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށް، އެ ދެ މައްސަލަ ކޯޓުގައި ހިންގާފައިވާ މައްސަލަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
100%
0%
0%
ކޮމެންޓް