ކ. މާލެ
|
18 ނޮވެންބަރ 2020 | ބުދަ 09:22
ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތްތަކަށް އެ ކުންފުނިން ވަޒީފާ ދިނުމަށް ވަނީ ހަމަޖެހިފަ
ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތްތަކަށް އެ ކުންފުނިން ވަޒީފާ ދިނުމަށް ވަނީ ހަމަޖެހިފަ
ރާއްޖެއެމްވީ
އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް
އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
 
ބައިވެރިން ހޮވުމުގައި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އިސްކަންދެވޭނެ
 
މި ޕްރޮގްރާމްއަކީ ހަތަރު މަސް ދުވަހުގެ ޕްރޮގްރާމެއް
 
ބައިވެރިންނަށް ކޮންމެ މަހަކު 6،000 ރުފިޔާގެ އެލެވެންސެއް ދެވޭނެ

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހޯމަ ދުވެހު އެޗްޑީސީއިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގައި މަސައްކަތްކޮށް ތަޖުރިބާ ދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަަމަށެވެ.

އެކުންފުނިން އިތުރަށް ބުނީ މި ޕްރޮގްރާމްގައި އަމަލީ ގޮތުން މަސައްކަތް ކުރުމާއިއެކު ކްލާސްރޫމް ސެޝަންތަކެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށާއި ބައިވެރިންނަށް ކޮންމެ މަހަކު 6،000 ރުފިޔާގެ އެލެވެންސެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި މިޕްރޮގްރާމް ފުރިހަމަ ކުރާ ކޮންމެ ފަރާތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ލެވެލް ތިނެއްގެ ސަނަދަކާއި މަސައްކަތުގެ ތަޖުރިބާ ލިބިގެންދާނެކަމަށް އެޗްޑީސީއިން ބުންޏެވެ.

ހަތަރު މަސް ދުވަހުގެ މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަކީ އޯލެވެލް ނިންމައި ނުވަތަ ލެވެލް ދޭއްގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ވުމާއެކު 16 އަހަރާއި 30 އަހަރާއި ދެމެދުގެ ދިވެއްސަކަށް ވާންޖެހޭކަމަށް އެކުންފުނިން ބުންޏެވެ.

އެޗްޑީސީއިން ބުނީ ބައިވެރިން ހޮވުމުގައި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށެވެ. އަދި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތްތަކަށް އެ ކުންފުނިން ވަޒީފާ ދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
100%
0%
0%
ކޮމެންޓް