ކ. މާލެ
|
18 ނޮވެންބަރ 2020 | ބުދަ 08:52
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް (ކ) އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް (ވ)
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް (ކ) އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް (ވ)
ރައީސް އޮފީސް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް
ރައީސް ސޯލިހަށް ގާސިމްގެ ތައުރީފު!
 
ރައީސް ސޯލިހް އަންނަނީ ގާސިމަށް ތައުރީފް ކުރައްވަމުން
 
ރާއްޖޭގެ އެތެރެއިންނާއި ބޭރުން ނަގާ އެކި ރާޅުތަކުން ގައުމު އަމާން ބަނދަރަކަށް ގެންދިޔުމަށް ރައީސް ސޯލިހް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާ

ރާއްޖޭގެ އެތެރެއިންނާއި ބޭރުން ނަގާ އެކި ރާޅުތަކުން ގައުމު ސަލާމަތް ކޮށްދީ އަމާން ބަނދަރަކަށް ގެންދިޔުމަށް ރައީސް ސޯލިހް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމަށް ދެއަހަރު ވުމާއި ގުޅިގެން، ކުރެއްވި ޓްވީޓޭއްގައެވެ.

ގާސިމް ކުރެއްވި ޓުވީޓްގައި ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމަށް ދެ އަހަރު ފުރުނު މުނާސަބަތުގައި އެމަނިކުފާނަށް އެކަމުގެ ތަހުނިޔާ އަރިސްކުރައްވާ ކަމަށެވެ. މީގެ އިތުރުން ގާސިމް ވިދާޅުވީ ރާއްޖޭގެ އެތެރެއިންނާއި ބޭރުން ނަގާ އެކި ރާޅުތަކުން ގައުމު ސަލާމަތް ކޮށްދީ އަމާން ބަނދަރަކަށް ގެންދިއުމަށް ރައީސް ސޯލިހް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާ ކަމަށެވެ.

ގާސިމަކީ ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ލީޑަރުންގެ ތެރެއިން ލީޑަރެކެވެ. ކޯލިޝަނުގައި ހިމެނޭ އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދާއި ގާސިމާއި ދެމެދު ހިޔާލު ތަފާތުވުން ހުރި ނަމަވެސް ގާސިމް އަންނަނީ ރައީސް ސޯލިހަށް ތައުރީފު ކުރައްވަމުންނެވެ. އަދި މީގެ ކުރިން ރައީސް ސޯލިހް ވެސް ވަނީ ގާސިމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ.

އެގޮތުން ޖޭޕީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރަކަށް ހުންނެވި އަމީން އިސްތިއުފާ ދެއްވުމާއި ގުޅިގެން، ހެލްތް މިނިސްޓަރގެ މަގާމަށް އެމްޑީޕީގެ މެމްބަރަކު އައްޔަނުކުރެއްވި މަރުހަލާގެ ތަފްސީލް ހިއްސާކުރައްވަމުން ރައީސް ސޯލިހު ވަނީ ގާސިމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.

ސިއްހީ ދާއިރާއަކީ ވަރަށް އިސްކަމެއް ދެއްވާ ދާއިރާއެއް ކަމަށް ވިދާޅުވެ، މީހަކު އައްޔަނުކުރެއްވުމަށް އެމަނިކުފާނަށް ދޫކޮށްލަދެއްވުމަށް އެދިވަޑައިގަތުމުން، ގައުމުގައި ހުރި ކަންތައްތައް އިސްލާހުކޮށް މެނިފެސްޓޯ އެންމެ ރަނގަޅަށް ތަންފީޒުކުރެވޭގޮތަކަށް ރާވައިގެން ގެންދިއުމަށް، ގާސިމް ވިދާޅުވިކަމަށް ރައީސް ސޯލިހު ވަނީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވިދާޅުވެފައެވެ.

އެގޮތުން ރައީސަށް ފެންނަ ބޭފުޅަކު އެ މަގާމަށް އައްޔަނު ކުރެއްވުމަށް ގާސިމް އެދުނުކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، އެކަމުން ފެނިގެން ދިޔައީ އަމިއްލަ މަސްލަހަތާއި ޕާޓީގެ މަސްލަހަތައްވުރެ ބޮޑަށް ގައުމީ މަސްލަހަތު އިސްކުރައްވައި ގައުމުގައި ހުރި ކަންކަން ހައްލުކުރުމަށް ގާސިމް އިސްކަން ދެއްވި ވަރު ކަމަށެވެ. އަދި އެކަމަށްޓަކައި، ޖޭޕީގެ ލީޑަރ ގާސިމަށް ރައީސް ސޯލިހު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
71%
0%
14%
14%
0%
ކޮމެންޓް