ކ. މާލެ
|
18 ނޮވެންބަރ 2020 | ބުދަ 09:27
ކަނޑު ގަދަ ދުވަހެއް
ކަނޑު ގަދަ ދުވަހެއް
ރާއްޖެއެމްވީ
މޫސުން
ހަފްތާ ބަންދަށް މޫސުން ރަނގަޅުވާނެ ކަމަށް ލަފާކޮށްފި
 
ބޯކޮށް ވާރެ ވެހުމާއި އެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ
 
ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރޭއާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
 
ބުދަ ދުވަހުވެސް ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ހެދުނު 6:30 އިން 11:30 އާއި ހަމައަށް ވައިޓް އެލަރޓް ނެރެފަ

ފާއިތުވި ހަފްތާއެއްހާ ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސްވެފައި ވާއިރު ފެށިގެން މިއަންނަ ހަފްތާ ބަންދަށް މޫސުން ރަނގަޅުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމުން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ދަނީ އެލަރޓްތައް ނެރެމުންނެވެ. އެގޮތުން ބުދަ ދުވަހުވެސް ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ހެދުނު 6:30 އިން 11:30 އާއި ހަމައަށް ވައިޓް އެލަރޓް ނެރެފައެވެ.

ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރޭއާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. އަދި ބޯކޮށް ވާރެ ވެހުމާއި އެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށް ލަފާ ކުރެއެވެ.

މީގެ އިތުރުން ކަނޑުތަށްް އާދައިގެ މަތިން ގަދަވާނެ ކަމަށާއި އަދި ކަނޑު ގަދަވާ ގަޑީގައި އުތުރުގެ ރަށްތަކަށް އުދަ އެރުންވެސް އެކަށީގެން ވާކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
100%
0%
0%
0%
ކޮމެންޓް