ކ. މާލެ
|
18 ނޮވެންބަރ 2020 | ބުދަ 09:34
ކަޅުވަކަރު މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންނެވުމުގެ ތެރެއިން
ކަޅުވަކަރު މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންނެވުމުގެ ތެރެއިން
ރައީސް އޮފީސް
ސަގާފީ ފަތުރުވެރިކަން
ސަގާފީ ފަތުރުވެރިކަން އާލާކުރަން ވިސްނުން ބަހައްޓަން ޖެހޭ: ރައީސް
 
ސަރުކާރުން ވަނީ ސަގާފީ ތަރިކައިގެ ބިލެއް ފާސްކޮށްފައި
 
މިނިސްޓްރީން ދަނީ މަޝްވަރާކުރަމުން
 
އެންމެ މުހިއްމު އެއް ވަސީލަތް ކަމަށް ރައީސް ވިދާޅުވި

ސަގާފީ ފަތުރުވެރިކަމަކީ އިގްތިސާދީ މުހިއްމު ވަސީލަތެއް ކަމަށާއި، ސަގާފީ ފަތުރުވެރިކަން އާލާކުރުމަށް ވިސްނުން ބެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު އެހެން ވިދާޅުވީ އަންގާރަ ދުވަހު ''ކަޅުވަކަރު މިސްކިތް'' ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ސަގާފި ތަރިކަ އަކީ ފަތުރުވެރިކަން ވިއްކުމުގައި ދުނިިޔޭގެ ހުރިހާ ގައުމުތަކެއްގައި ވެސް ގެންގުޅޭ އެންމެ މުހިއްމު އެއް ވަސީލަތް ކަމަށެވެ.

ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި ސަގާފަތާއި ތަރިކާ އަކީ ނަތީއްޖާ ރަނގަޅު ކަމެއް ކަމުގައި ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެ ސަބަބަށްޓަކައި ތަރިކަ ރައްކާތެރިކުރަން ޖެހޭނީ އާމްދަނީ ލިބޭ ވަސީލަތެއް ކަމަށް ދެކިގެން ކަމަށެވެ. އަދި އިގްތިސާދީ ގޮތުން އަންނަ ލޮޅުންތަކުން އަރައިގަންނަން އެކަމަށް އިސްކަން ދިނުން މުހިއްމު ކަމަށް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން އިގްތިސާދު ހީނަރުކަމުން އަރައިގަންނަ ސަގާފީ ފަތުރުވެރިކަން އާލާކުރުމަށް ވިސްނުން ބެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށް ދެކެން.
އިބްރާހިމް މުހައްމަދު ސޯލިހު - ރައީސުލްޖުމްހޫރިއްޔާ

ރައީސް ވިދާޅުވި ގޮތުގައި ކަޅުވަކަރު މިސްކިތް ފަދަ ސަގާފީ ތަރިކަތައް ރައްކާތެރި ކުރުމަކީ މުހިއްމު ކަމެކެވެ.

ސަގާފީ ފަތުރުވެރިކަން ކުރިއަރުވަން އިތުރަށް ވިސްނުން ބަހައްޓަން ޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާއިރު، ސަގާފީ ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީއާ ހެރިޓޭޖް މިނިސްޓަރީއާ ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ފުޅާދާއިރާއެއްގައި ދަނީ މަޝްވަރާ ކުރެެވެމުންނެވެ.

ސަރުކާރުން ވަނީ ސަގާފީ ތަރިކަ ރައްކާތެރި ކުރުމުގެ މަގްސަދުގައި ސަގާފީ ތަރިކައިގެ ބިލް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފަ އެވެ.

ސަގާފީ ތަރިކައިގެ ބިލަކީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ކަނޑައެޅުމާއި، ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި، ކަމާގުޅޭ ގޮތުން ދައުލަތާއި ފަރުދުންގެ ޒިންމާތައް ކަނޑައެޅުމާއި، ސަގާފީ ތަރިކައަށް ގެއްލުން ލިބޭފަދަ ގޮތަށް ހިންގާ އަމަލުތަކަކީ ކުށުގެ ގޮތުގައި ބަޔާންކޮށް އެއަށް އަދަބު ކަނޑައެޅުމާއި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައާބެހޭ ދިރާސާތައް ކުރުމާއި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމާ ގުޅޭ އެނޫންވެސް އުސޫލުތައް ބަޔާންކުރުމުގެ ގާނޫނުގެ ބިލެވެ.

މިބިލުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގެ ސަގާފީ ތަރިކަ މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ދެނެގަނެ، ސަގާފަތް ދިރުވައި އާލާކޮށް، އެތަކެތި ގިންތިކޮށް ދަފްތަރުކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން ވެސް ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި، ސަގާފީ ތަރިކަ ރައްކާތެރިކުރުމުގައި އެކިއެކި ފަރާތްތަކުގެ ޒިންމާތައް ބަޔާންކުރުމާއި ހެރިޓޭޖް ޓްރަސްޓް ފަންޑު ގާއިމުކޮށް ހިންގުމާބެހޭ އުސޫލުތައް ބަޔާންކުރުމުގެ އިތުރުން ގާނޫނުގެ ދަށުން ކުށުގެ ގޮތުގައި ބަޔާންކުރާ ކަންކަމާއި، އެ ކުށްތަކަށް އަދަބު ކަނޑައެޅުމާ ގުޅޭ އުސޫލުތައް ވެސް މި ބިލުގައި ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
100%
0%
0%
ކޮމެންޓް