ކ. މާލެ
|
17 ނޮވެންބަރ 2020 | އަންގާރަ 23:51
ކޮވިޑް-19 ގެ ރޭންޑަމް ސާމްޕަލިން ނަގަނިކޮށް
ކޮވިޑް-19 ގެ ރޭންޑަމް ސާމްޕަލިން ނަގަނިކޮށް
ރާއްޖެއެމްވީ
ކޮވިޑް-19 - ރާއްޖޭގެ ހާލަތު
ރާއްޖެއިން އިތުރު 41 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ
 
ރާއްޖެއިން މިހާތަނަށް މި ބަލީގައި 45 މީހަކު ވަނީ ނިޔާވެފައި
 
35 މީހުން ޕޮޒިޓިވްވެފައިވަނީ މާލޭ ސަރަހައްދުން
 
ޕޮޒިޓިވްވެފައިވަނީ 30 ދިވެހިންނާއި 11 ބިދޭސީން

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން އިތުރު 41 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން އަންގާރަ ދުވަހުގެރޭ އާންމުކުރި ތަފާސުހިސާބުތައް ދައްކާ ގޮތުން ހޯމަ ދުވަހުގެ ހަވީރު 06:00 އިން ފެށިގެން އަންގާރަ ދުވަހުގެ ހަވީރު 06:00 އާ ހަމައަށް ރާއްޖެއިން ކޮވިޑަށް ޓެސްޓުކުރި 1،075 ސަމްޕަލުން ޕޮޒިޓިވްވެފައި ވަނީ 41 މީހުންނެވެ.

އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވެފައި ވަނީ 30 ދިވެހިންނާއި 11 ބިދޭސީން ކަމަށެވެ. އަދި އޭގެ ތެރެއިން 35 މީހުން ޕޮޒިޓިވްވެފައި ވަނީ މާލޭ ސަރަހައްދުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން މިހާތަނަށް 12،355 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެކްޓިވް ކޭސްގެ އަދަދަކީ 915 އެވެ. އޭގެ ތެރެއިން 63 މީހަކު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ހޯދަމުން އަންނައިރު، ރާއްޖެއިން މިހާތަނަށް މި ބަލީގައި 45 މީހަކު ވަނީ ނިޔާވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް