ކ. މާލެ
|
24 އޭޕްރިލް 2017 | ހޯމަ 16:12
ރައުދާ އާތިފުގެ ހަށިގަނޑު
ރައުދާ އާތިފުގެ ހަށިގަނޑު
ރައިސިންބީޑީ
ރައުދާގެ މަރު
ވަޅުލިތާ 27 ދުވަސް ފަހުން ރައުދާގެ ހަށިގަނޑު ނަގައިފި
ރައުދާ އަކީ އުމުރުން 20 އަހަރުގެ މެޑިސިން ކިޔަވަމުން ދިޔަ ކުއްޖެއް

ވަޅުލިތާ 27 ދުވަސް ފަހުން ރައުދާ އާތިފްގެ ހަށިގަނޑު ނަގައިފިއެވެ.

ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ، ދަ ޑެއިލީ ސްޓަރގައި ފާހަގަކޮއްފައިވާ ގޮތުގައި ހޯމަ ދުވަހުގެ 09:30 ހާއިރު ހެތޮމްހާން ގަބުރުސްތާނުގައި  ރައުދާގެ ހަށިގަނޑު ނެގުމުގެ މަސައްކަތް ކުރީ އެގްޒެކެޓިވް މެޖިސްޓްރޭޓް ޗޯދުރީގެ ހާޒިރުގަ އެވެ.

ރައުދާގެ ބައްޕަ، މުހައްމަދު އާތިފު  ވެސް ސަރަހައްދުގައި ހުރި ކަމަށް ޑެއިލީ ސްޓަރގައި ބުނެ އެވެ.

ރައުދާ މަރުވެފައި އޮއްވާ ފެނިފައި ވަނީ މިދިޔަ މަރޗު މަހުގެ 29 ވަނަ ދުވަހު އެވެ. އަދި އޭނާ ވަޅުލާފައިވަނީ، މިމަހުގެ 1 ވަނަ ދުވަހު އެވެ. އެމްބީބީއެސްގެ ދެވަނަ އަހަރުގައި ކިޔަވަމުން ދިޔަ ރައުދާ މަރުވެފައި އޮއްވާ ފެނިފައިވަނީ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގައި އޭނާ ދިރިއުޅުނު ހޮސްޓެލްގަ އެވެ.

 މީޑިޔާއާ ވާހަކަދައްކަވަމުން އާތިފު ބުނީ، ދެވަނަ އޮޓޯޕްސީގެ ތެރެއިން ރައުދާގެ މަރާގުޅޭ އިތުރު މައުލޫމާތުތަކެއް އެނގޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އާތިފު ވަނީ މީގެ ކުރިން ރައުދާގެ ހަށިގަނޑުގެ އޮޓޯޕްސީ ހަދާފައިވާ ތިން ފޮރެންސިކް އެކްސްޕާޓުންގެ ޕްރޮފެޝަނަލް ކަމެއް ނެތް ބައެއް ކަމަށް ބުނެފަ އެވެ. އެގޮތުން އޭނާގެ ހަށިގަނޑުގެ އެކްސްރޭއެއް ނެގިފައިނުވުމާއި ބައެއް ކަހަލަ މުހިއްމު މައުލޫމާތުތައް ހިމެނިފައިނުވާ ކަމަށް އާތިފު ފާހަގަކުރެއްވި އެވެ.

ރައުދާގެ މަރާ ގުޅިގެން ރާއްޖޭގެ ފުލުހުން ހިންގި ތަހުގީގަށް ފަހު ފުލުހުން ވަނީ ރައުދާ މަރާލާފައިވަނީ ރޭވިގެންކަން އެނގޭ އެއްވެސް ހެއްކެއް ހޯދިފައިނުވާ ކަމަށާއި އޭނާ މަރުވެފައި ވަނީ ދަންޖެހިގެންކަމަށް ބާރުލިބޭ ހެކިތައް ފެނިފައިވާ ކަމަށް ބުނެފަ އެވެ.

- ކޮމެންޓް