Advertisement
ކ. މާލެ
|
24 އޭޕްރިލް 2017 | ހޯމަ 09:37
ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒު
ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒު
ރާއްޖެއެމްވީ
އަފްރާޝީމް އަލީގެ މަރު
ޑރ. އަފްރާޝީމް އަލީގެ މަރުގެ ތަޙްގީގެ ފަހުގެ އަޕްޑޭޓް ފުލުހުން ހާމަކުރަންޖެހޭ: ރިޔާޒު
މައްސަލާގައި ހާމަކުރާނެ ސިއްރެއް ނެތް
މަގާމުން އިސްތިއުފާ ދެއްވި އިރު ތަޙްގީގް ނިމިފައެއް ނުވޭ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ތަޙްގީގުގައި ފުލުހުންނަން ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތު ހާމަކުރުމަކީ މުހިންމު ކަމެއް ކަމަށް ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވިއެވެ.

 

ޑރ. އަފްރާޝީމް އަވަހާރަކޮށްލިއިރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި ރިޔާޒު އާދީއްތަ ދުވަހުގެ ރޭ ކުރެއްވި ޓްރީޓެއްގައި ވިދާޅުވެފައި ވަނީ  އޭނާ ކޮމިޝަނަރުގެ މަގާމުން އިސްތިއުފާ ދެއްވި އިރު ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަޙްގީގް ނުނިމޭ ކަމަށެވެ. މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު، ޑރ. އަފްރާޝިމްގެ މަރުގެ މައްސަލައިގައި އޭނާ އަށް އެނގިވަޑައގެންފައިވާ މައުލޫމާތު ވަގުތު ޖެހުމުން ހަމަކުރާނެ ކަމަށް ވިދާޅުވެފައި ވަތީ އާންމުން ދަނީ ، އެ މައުލޫމާތަށް ހިއްސާކުރުމަށް އެދުމުނެވެ.

 

"ހާމަކުރާނެ ސިއްރެއް ނެތް، އަޅުގަނޑު ސީޕީ މަގާމުން ވަކިވިއިރު، މައްސަލައިގެ ތަހްގީގު އެއްކޮށް ނުނިމޭ! ފުލުހުން ފަހުގެ އަޕްޑޭޓް ހާމަކުރަންޖެހޭ،" ރިޔާޒުގެ ޓްވީޓްގައިވެ އެވެ. 

 

އާދީއްތަ ދުވަހުގެ ރޭ ބޭއްވި ދިވެހި ސިފައިންގެ ޚިދުމަތަށް 125 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން، ރިޔާޒުއަށް އިޝާރަތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ޑރ. އަފްރާޝިމް އަލީގެ މަރުގެ ޙަގީގަތް ވަގުތު ޖެހުމުން ހާމަކުރަން ނުހުންނަވައި، އެ މައުލޫމާތުތައް ހިއްސާކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެހެންނަމަވެސް އެކަމާ ގުޅިގެން ރިޔާޒު ވިދާޅުވީ އެ މައްސަލާގައި ހާމަކުރާނެ ސިއްރެއް ނެތް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް