ކ. މާލެ
|
24 އޭޕްރިލް 2017 | ހޯމަ 09:11
 މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ސަމާއު ޝަރީފް
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ސަމާއު ޝަރީފް
ރާއްޖެއެމްވީ
މަރުގެ އިންޒާރު
މަރުގެ އިންޒާރުތަށް ތަޙްގީގްކޮށް، އިންޒާރުދޭ މީހުން ހައްޔަރުކުރަންޖެހޭ: ސަމާއު
ފުލުހުންގެ ވާޖިބް އަދާކުރުމަށް ސިޔާސީ ނުފޫޒްތަކަށް ވަނީ ބުރަވެފައި

މިނިވަންކަމާއި އެކު ހިޔާލުފާޅުކުރާ ޒުވާނުންނާއި ސިޔާސީ ފަރާތަކަށްދޭ މަރުގެ އިންޒާރުތަށް ފުލުހުން ހާއްސަ ސަމާލުކަމެއްދީގެން ތަޙްގީގްކޮށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ސަމާއު ޝަރީފް ވިދާޅުވެއްޖެ އެވެ.

 

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ސަމާއު ވިދާޅުވީ އެކި އެކި ފަރާތަށްދޭ މަރުގެ އިންޒާރުތަށް ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ނުބަލާތީ ހިތާމަކުރާ ކަމަށެވެ. އެފަދަ މައްސަލަތަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނަމަ ޔާމީން ރަޝީދަށް މަރުގެ އިންޒާރުދިން މީހުން އިންސާފްގެ ކުރިމައްޗަށް ގެނެވޭނެ ކަމަށް ސަމާއު ވިދާޅުވިއެވެ.

 

ސ. ފޭދޫ، ޗަނބޭލީގެ، ޔާމީން ރަޝީދު މަރާގުޅޭގޮތުން ވާހަކަ ދައްކަވަމުން ސަމާއު ވިދާޅުވީ ފުލުހުންގެ ވާޖިބު އަދާކުރުމުގައި ސިޔާސީ ނުފޫޒްތަކަށް ބުރަވާކަމަށެވެ. އަދި ފުލުހުންގެ އަމަލުތަށް ހުންނަ ގޮތުން އެންމެ އިސްކަމެއް ދީގެން ކުރާ މަސައްކަތެއް ގޮތުގައި ފާހަގަކުރެވެނީ ސިޔާސީ ހަރަކާތަށް ހުއްޓުވުމަށް މަސައްކަތް ކުރުން ކަމަށް ސަމާއު ވިދާޅުވިއެވެ.

 

ސަމާއު ވިދާޅުވީ، ސިޔާސީ ހަރަކާތެއް ބާއްވާނަމަ، އެ ކަން ހުއްޓުވުމަށް އެސަރަހައްދުގައި ފުލުހުން ހަރަކާތެރިވާ ކަމަށެވެ. ހަމަ އެ އުސޫލުން މަރުގެ އިންޒާރުދިނުމުން، ހާއްސަ ސަމާލުކަމެއްދީގެން އެމައްސަލަ ތަޙްގީގްކުރަންޖެހޭ ކަމަށް އެނާ ވިދާޅުވިއެވެ.

 

ސ. ފޭދޫ، ޗަނބޭލީގެ، ޔާމީން ރަޝީދު ރަހުމުކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނުއިރު، އޭނާއަށް އިންޒާރުދޭ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވެއެވެ. ނަމަވެސް އެ މައްސަލާގައި އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަފައިނުވާއިރު، ޔާމީންގެ މަރާއެކު ފުލުހުންނަށް އަމާޒުވި ފާޑުކިޔުންތަކާއެކު، އެ އިދާރާއިން ބުނެފައިވަނީ އިންޒާރުގެ މައްސަލަތައް ތަހުޤީޤކުރި ކަމަށެވެ. ފުލުހުން އިންޒާރުގެ މައްސަލަތައް ތަހުޤީޤކުރިކަމަށް ބުނާއިރު، އެކަމުގައި ފިޔަވަޅެއް ނޭޅީ ކީއްވެތޯ ގިނަ ބަޔަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ. 

- ކޮމެންޓް
24 އޭޕްރިލް 2017 | ހޯމަ 09:35
ރަޝީދު
ދެލޯ ފުޅާ. ސޯޝަލް މީޑިއާގައި އިންޒާރު ދޭ މީހުން ހޯދުމަކީ ފަސޭހަ ކަމެއް ނޫން. އަދި މެސެޖުން އިންޒާރު ދޭ މީހުންނެއްވެސް ނުހޯދޭނެ. މިހެން މިބުނީ، މިހާރު ހުރޭ ނަންބަރު ނޭގޭގޮތަށްވެސް މެސެޖް ކުރެވެން. އެހެން ވީމާ. ތިބޭފުޅުންނަށް ވަރަށް ފަސޭހަ ވާނެ ތިހެން ތިބެ އަނގަތަޅަން.