Advertisement
ކ. މާލެ
|
24 އޭޕްރިލް 2017 | ހޯމަ 06:45
އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ ޖަލަށް ގެންދިއުމަށް ކްރެކްޝަނަލް ސާރވިސްގެ ވެހިކަލަށް އަރުވަނީ
އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ ޖަލަށް ގެންދިއުމަށް ކްރެކްޝަނަލް ސާރވިސްގެ ވެހިކަލަށް އަރުވަނީ
ރާއްޖެ އެމްވީ
އިމްރާން ޖަލަށްގެންދިޔުން
ހަށިގަނޑު ޖަލަށް ލިޔަސް، އަޒުމާއި ގުރުބާނީ ޖަލަކަށް ނުލެވޭނެ: ޝައިޚް އިމްރާން
ޝައިޚް އިމްރާން ވަނީ އަނބުރާ ޖަލަށް ގެންގޮސްފަ
ޝައިޚް އިމްރާން ގޭބަންދުގައި ހުރީ ޖަލު މަރާމާތު ކުރަމުންދާތީ
އާދީއްތަ ދުވަހު ހައިކޯޓުން ވަނީ އިމްރާންގެ މައްޗަށ ކޮށްފައިޥާ 12 އަހަރުގެ ޖަލު ޙުކުމަށް ތާޢީދުކޮށްފަ

ހަށިގަނޑު ޖަލަށް ލިޔަސް، އަޒުމާއި، ދިވެހި ރައްޔިތުންގެ ގުރުބާނީ ޖަލަކަށް ނުލެވޭނެކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

 

ޝައިޚް އިމްރާން މިފަދައިން ވިދާޅުވީ، 2015 ވަނަ އަހަރުގެ މޭމަހުގެ 1 ވަނަ ދުވަހުގެ ފަހުން ޝައިޚް އިމްރާން ކުރެއްވި ފުރަތަމަ ޓްވީޓްގައި އާދީއްތަ ދުވަހުގެރެއެވެ. އެ ޓްވީޓްގައި ޝައިޚް އިމްރާން ވިދާޅުވީ، އިމްރާންގެ ހަށިގަނޑު ޖަލަށް ލީނަމަވެސް، އަޒުމާއި، ދިވެހި ރައްޔިތުންގެ ގުރުބާނީ ޖަލަށް ނުލެވޭނެ ކަމަށެވެ.

 

 

ޝައިޚް އިމްރާން މިފަދައިން ޓްވީޓް ކުރައްވާފައިވާއިރު، ޓެރަރިޒަމްގެ ކުށް ސާބިތުކޮށް، 12 އަހަރަށް ޖަލަށް ލުމަށްފަހު، ޖަލު މަރާމާތު ކުރުމަށް، ގޭބަންދަށް ބަދަލުކޮށްފައި ހުންނަވަނިކޮށް، އާދީއްތަ ދުވަހުގެރޭ ޝައިޚް އިމްރާން ވަނީ ކުއްލިގޮތަކަށް އަނބުރާ ޖަލަށް ގެންގޮސްފައެވެ. ސެއިހު އިމްރާން އެ ޓުވީޓްކުރެއްވީ، ޖަލަށް ގެންދިއުމަށް ކަރެކްޝަނަލް ސާރވިސުންނާއި، ފުލުހުން ދިރިއުޅުއްވާ ގެޔަށް ވަޑައިގެން، އަނބުރާ ޖަލަށް ގެންދިއުމަށް ތައްޔާރުވަމުން ދަނިކޮށެވެ.

 

ޝައިޚް އިމްރާން ޖަލަށް ގެންގޮސްފައިވަނީ ފުލުހުންގެ އެހީތެރިކަމާއި އެކު ކަރެކްޝަންސްގެ ބެލުމުގެ ދަށުންނެވެ. ކްރެކްޝަނަލް ސާރވިސުން ހާމަކޮށްފައިވާގޮތުގައި އިމްރާން ބަދަލުކުރެވިފައިވަނީ މާފުށީ ޖަލަށެވެ. އިމްރާން ކުރިން ހުންނެވީ އައްސޭރި ޖަލުގައެވެ.

 

ޝައިޚް އިމްރާން އަނބުރާ ޖަލަށް ގެންގޮސްފައި މިވަނީ، ޓެރަރިޒަމްގެ މައްސަލައިގައި އިމްރާން 12 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމަށް ހައިކޯޓުން އާދީއްތަ ދުވަހު ތާޢީދު ކޮށްފައިވަނިކޮށެވެ.

 

ހައިކޯޓުން މިއަދު އިމްރާންގެ މައްސަލަ ނިންމިއިރު އެމަނިކުފާނުގެ ދިފާއީ ޓީމުން ހުށަހެޅި ކަންކަމަށް ހައިކޯޓުން ރިއާޔަތްކޮށްފައި ނުވާ ކަމަށް އިމްރާންގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނަވާ އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ވަނީ ވިދާޅުވެފަ އެވެ.

 

ޝައިޚް އިމްރާންގެ މައްޗަށް ޓެރަރިޒަމުގެ ކުށުގައި 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ، 2015 ވަނަ އަހަރުގެ މެއި 1 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް