Advertisement
ކ. މާލެ
|
24 އޭޕްރިލް 2017 | ހޯމަ 01:24
ޖަބީން: މިވަގުތުވެސް ހުންނެވީ ބަންދުގައި
ޖަބީން: މިވަގުތުވެސް ހުންނެވީ ބަންދުގައި
ޓްވިޓަރ
ޖަބީން ކެނޑިޑެސީ ބާތިލްކުރުން
އެމްޑީޕީ ކެނޑިޑޭޓެއްގެ ކެނޑިޑެސީ ސުޕްރީމް ކޯޓުން ބާތިލް ކޮށްފި
ޖަބީން މިވަގުތުވެސް ހުންނެވީ ބަންދުގައި
ޖަބީނަށް ހުކުމް ކޮށްފައިވަނީ އެމްއާރުޑީސީ ވިލިފުށީ ސައިޓްގައި ޖަހާފައިހުރި ދެ ދަނޑިބުރިއެއް 2015 ވަނަ އަހަރު އުފުރާލާ އެއްލާލިކަމަށް ބުނެ
ކޯޓުން މިގޮތައް ނިންމާފައި ވަނީ އިދިކޮޅު ކެނޑިޑޭޓުންނަށް ބިރުދައްކާކަމަށް ތުހުމަތު ކުރެވެމުން ދަނިކޮށް

އަންނަމަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓެއްގެ ކެނޑިޑެސީ ސުޕްރީމް ކޯޓުން ބާތިލް ކޮށްފިއެވެ.

 

ސުޕްރީމް ކޯޓުން ކެނޑިޑެސީ ބާތިލްކޮށްފައިވަނީ ވިލިފުށީ ކައުންސިލަށް އެމްޑީޕީން ކުރިމަތިލާފައިވާ ތިން ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ އެކައުންސިލްގެ މިހާރުގެ ރައީސް ހުސައިން ޖަބީންގެ ކެނޑިޑެސީއެވެ.

 

ސްޕްރީމް ކޯޓުން ޖަބީންގެ ކެނޑިޑެސީ ބާތިލްކުރީ އޭނާގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައިވާތީ އިލެކްޝަންސް ކޮމިޝަނުން އެ ކޯޓަށް ހުށައެޅި މައްސަލަޔަކާއި ގުޅިގެންނެވެ.


ޖަބީން މިހާރު ހުންނެވީ އަމުރަށް ނުކިޔަމަންތެރިވި މައްސަލައެއް ސާބިތުވެ ވިލިފުށީ ކޯޓުންކުރި ހަ މަސްދުވަހުގެ ގޭ ބަންދު ހުކުމެއްގައެވެ. އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައިވަނީ އެމްއާރުޑީސީ ވިލިފުށީ ސައިޓްގައި ޖަހާފައިހުރި ދެ ދަނޑިބުރިއެއް 2015 ވަނަ އަހަރު އުފުރާލާ އެއްލާލިކަމަށް ބުނެ ހުށައެޅި މައްސަލަޔަކާއި ގުޅިގެންނެވެ.

 

ސުޕްރީމް ކޯޓުން ކެނޑިޑޭޓެއްގެ ކެނޑިޑެސީ ބާތިލްކޮށްފައި މިވަނީ އިދިކޮޅު ޕާޓީތަކުގެ ކެނޑިޑޭޓުން ނުހައްގުން ހައްޔަރުކޮށް ބައެއް ފަރާތްކަށް ދައުވާތައް ކުރަމުންދާ ކަމުގެ ތުހުމަތުތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް