Advertisement
ކ. މާލެ
|
23 އޭޕްރިލް 2017 | އާދީއްތަ 17:46
ޔާމީންގެ ހަށިގަނޑު ތަހްލީލުކުރުމުގެ ގޮތުން އެކްސް ރޭ ނެގުމަށް ގެންދަނީ
ޔާމީންގެ ހަށިގަނޑު ތަހްލީލުކުރުމުގެ ގޮތުން އެކްސް ރޭ ނެގުމަށް ގެންދަނީ
ރާއްޖެއެމްވީ
ޔާމީނުގެ މަރު
ޔާމީނު މަރާލި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ: ރައީސް މައުމޫނު
ޔާމީން ރަޝީދުގެ މަރުގެ ޚަބަރާއެކު ލިބުނީ ކުއްލި ހައިރާން ކަމެއް
މަރާލި މީހުން ހޯދައި އެފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ

ހޮނިހިރު ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ތޫނު އެއްޗަކުން ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ މަރާލާފައި އޮއްވާ ފެނުނު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރުގެ ޚަބަރާއެކު ލިބުނީ ކުއްލި ހައިރާން ކަމެއްކަމަށް ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

 

ރައީސް މައުމޫނު އާދިއްތަ ދުވަހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން މަރާލި މީހުން ހޯދައި އެފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭކަށެވެ.

ޔާމީން ރަޝީދު މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ސިޑިގޮޅި ކައިރީގައި ހޮނިހިރު ދުވަހުގެ ރޭ މެންދަމު 2:59 ގައެެވެ.

 

ފުލުހުން ބުނީ، ޔާމީން މަރާލި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންދާކަމަށެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރުގެ ޚަބަރާއެކު، ރާއްޖެއާއި ރާއްޖޭގެ ބޭރުގެ އިސް ފަރާތްތަކުން ދަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް