Advertisement
ކ. މާލެ
|
23 އޭޕްރިލް 2017 | އާދީއްތަ 17:24
 ހޯމްއިމްޕްރޫވްމެންޓް ފަޅާލާ ގިނަ އަދަދެއްގެ ފައިސާއާއި ތަކެތި ވަގަށް ނަގާފައިވޭ
ހޯމްއިމްޕްރޫވްމެންޓް ފަޅާލާ ގިނަ އަދަދެއްގެ ފައިސާއާއި ތަކެތި ވަގަށް ނަގާފައިވޭ
ޓްވިޓަރ
ހޯމް އިމްޕްރޫވްމެންޓް ފަޅާލުނ
އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ އާއި ތަކެތި ވަގަށް ނަގައިފި
ބުރާސްފަތި ދުވަހާއި މިދިޔަ ހޮނިހިރު ދުވަހުގެ ސޭލްސްއަށް ޖެހުނު ހުރިހާ ފައިސާއެއް ވަނީ ގެންގޮސްފަ
މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 7:50
މައްސަލަ ދަނީ ބަލަމުން: ފުލުހުން

އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓު ފަޅާލައި ގިނަ އަދަދެއްގެ ފައިސާއާއި ތަކެތި ވަގަށް ނަގައިފިއެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތުލިބިފައިވާ ގޮތުގައި ބާޒާރު މަތީގައި ހުންނަ އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓު ފަޅާލި އިރު މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހާއި މިދިޔަ ހޮނިހިރު ދުވަހުގެ ވިޔަފާރިއަށް ލިބުނު ހުރިހާ ފައިސާއެއް ވަނީ ގެންގޮސްފައެވެ. އޭގެ އިތުރުން އެތަނުގައި ހުރި ބައެއް ތަކެތި ވެސްވަނީ ގެންގޮސްފައެވެ.

 

ފުލުހުންބުނީ އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓުގެ ތިޖޫރި ފަޅާލާ ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށްނަގާފައިވާ މައްސަލައެއް ރިޕޯޓްކޮށްފައިވާކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 7:50 އެހާކަށް ހާއިރު ކަމަށާއި، މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

 

އެތަނުގައި ފުލުހުން ހަރަކާތްތެރިވާން ފަށާފައިވާކަމަށް ފުލުހުން ބުންޏެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް