ރަހުމު ކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ސޯޝަލް މީޑިއާ އެކްޓިވިސްޓު އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން ބޭރުގެ ބައެއް ސަފީރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމެރިކާއާއި އިނގިރޭސިވިލާތް އަދި ކެނެޑާއިން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުން ވަނީ ޔާމީންގެ މަރާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް ވިދާޅުވެފައިވަނީ ޔާމީނަކީ ހުރިހާ ދިވެހިންގެ އިންސާނީ ހައްގުތަކާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ވަކާލާތު ކުރި މީހެއް ކަމަށެވެ. އަދި މިހާދިސާއާ ގުޅިގެން ޔާމީންގެ އާއިލާއަށާއި އެކުވެރިންނަށް ކެޝަޕް ތައުޒިޔާ ފޮނުވާފައިވެއެވެ.
Heartfelt condolences to family & friends of @yaamyn, who passionately believed in #FreedomOfSpeech and #HumanRights for ALL in #Maldives pic.twitter.com/8JxXwZiQ2e
— Atul Keshap (@USAmbKeshap) April 23, 2017
ޔާމީން ރަޝީދުގެ މަރާ ގުޅިގެން ވެރިވެފައިވާ ހިތާމާގައި ބައިވެރިވާ ކަމަށާއި ޔާމީނަކީ އިންސާނީ ހައްގުތަކާ ހިޔާލުފާލު ކުރުމުގެ މިނިވަން ކަމުގެ ޗެމްޕިއަންއެއް ކަމަށް އިނގިރޭސި ސަފީރު ޖޭމްސް ދޫރިސްވަނީ ވިދާޅުވެފައިވެއެވެ.
We share so many Maldivians' sense of loss after murder of Yameen Rasheed on 22/04. A passionate champion of #freespeech and #humanrights. pic.twitter.com/ME53lPcm81
— James Dauris (@JamesDauris) April 23, 2017
ކެނެޑާގެ ސަފީރު ޝެލީ ވައިޓިން ވިދާޅުވީ ލިބުނީ ކުއްލި ހައިރާންކަމެއް ކަމަށާއި އެކަމުގެ އަޑިގައި ތިބި ބަޔަކު އިންސާފުގެ ކުރި މައްޗަށް ގެނެވެން ޖެހޭނެ ކަމަށެވެ.
ޔާމިންގެ މަރާ ގުޅިގެން ބޭރުގެ ފަރާތްތަކުގެ އިތުރުން ރާއްޖޭގައި ވެސް އެތައް ބަޔަކު ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ޔާމިންއަށް އިންސާފު ހޯދައިދިނުމަށް ގޮވާލަމުންނެވެ.