ޒުވާނުން ކުށުގެ ވެށިން ދުރުކޮށް އަމާން މުޖުތަމައެއް ގާއިމް ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.
މުއާޒް މިފަދަ ގޮތަކަށް ޓްވީޓް ކޮށްފައިވަނީ، ރޭ ދަންވަރު 03:45 ހާއިރު ތޫނު އެއްޗަކުން ހަމަލާދީގެން މަރާލާފައިވާ ސޯޝަލް މީޑިޔާގެ އެކްޓިވިސްޓެއް ކަމުގައިވާ ޔާމީން ރަޝީދުގެ މައްސަލަ ފެންމަތިވެފައިވަނިކޮށެވެ.
"Zuvaanakah dhevunu rahumu kuda, laainsaanee hamalaa emme harukashi ibaaraathun kuhverikuran. Gaumu halaboli kurumah jaaga nudhy..
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) April 23, 2017
1/2
މުއާޒު ކުރައްވާފައިވާ ޓްވީޓްގައި ވަނީ ޒުވާނަކަށް ދެވުނު ރަހުމު ކުޑަ ލާއިންސާނީ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށެވެ. އަދި ގައުމު ހަލަބޮލި ކުރުމަށް ޖާގަ ނުދޭނެ ކަމަށް އޭނާގެ ޓްވީޓުގައި ބުނެފައިވެ އެވެ.
.. zuvaanun kushuge veshin dhurukoh, amaan mujuthamaeh binaakurumah mi sarukaarun kuramundhaa masakkaiy huttaeh nulaane" -im
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) April 23, 2017
2/2
އުމުރުން 29 އަހަރުގެ ޔާމީނު މަރާލާފައިވަނީ އޭނާ މަސައްކަތްކުރާ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ދަންވަރު ވަންދެން މަސައްކަތް ކުރުމަށް ފަހު، ގެޔަށް ދިއުމުންނެވެ. ފުލުހުންނަށް އޭނާގެ މައްސަލަ ރިޕޯޓްކޮށްފައިވަނީ ދަންވަރު 02:45 ހާއިރު އެވެ. ފުލުހުންނަށް އޭނާ ފެނިފައިވަނީ އޭނާ ދިރިއުޅޭ ގޭގޭ ސިޑިގޮޅީގައި އޮއްވަ އެވެ.