ކ. މާލެ
|
22 އޭޕްރިލް 2017 | ހޮނިހިރު 22:20
އެމްޑީޕީގެ އިސްބޭފުޅުން މާފުށީ ޖަލްސާއަށް ދަތުރު ކުރައްވަނީ
އެމްޑީޕީގެ އިސްބޭފުޅުން މާފުށީ ޖަލްސާއަށް ދަތުރު ކުރައްވަނީ
ރާއްޖެ އެމްވީ
އެމްޑީޕީ
އެމްޑީޕީގެ ބިޔަ ބޮޑު ޖަލްސާ މިރޭ މާފުށީގައި
މާފުށީގައި ބާއްވާ ޖަލްސާ އޮންނާނީ ބަނދަރު ސަރަހައްދުގައި

އެމްޑީޕީގެ ބިޔަ ބޮޑު ޖަލްސާ މާފުށީގައި މިރޭ އޮންނާނެ  އެވެ. 

މާފުށީގައި ބާއްވާ ޖަލްސާ ވެގެންދާނީ ވަރަށް ޙާއްސަ ޖަލްސާ އަކަށް ކަމަށް އެމްޑީޕީން ބުންޏެއެވެ. އެހެންކަމުން  މިޖަލްސާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެމްޑީޕީން އެދިވަޑައިގަންނަވަ އެވެ. 

މިރޭގެ ޖަލްސާގައި ލޯކަލް ކައުންސިލް އިންތިޙާބަށް އެމްޑީޕީން ކުރިމަތިލާފައިވާ ކެންޑިޑޭޓުން ކުރުން ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި މިޖަލްސާގައި އެމްޑީޕީގެ ލީޑަރޝިޕްގެ އިސްބޭފުޅުން ވާހަކަ ދައްކަވާނެ އެވެ. 

މާފުށީ ބަނދަރު ސަރަހައްދުގައި ބާއްވާ މިޖަލްސާ ފެށޭނީ މިރޭ ނުވައެއް ޖަހާއިރު އެވެ. 

މިރޭގެ ޖަލްސާއަށް މާފުށި ވަރަށް ބޮޑަށް ތައްޔާރު ވަމުންދާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން ދަނީ އަތޮޅު ތެރޭގެ ރަށްރަށް ދަތުރުކުރަމުންނެ އެވެ. އެގޮތުން އެންމެ ފަހުން  މިޓީމް ދަތުރުކޮށްފައިވަނީ ލ.އަތޮޅުގެ ރަށްރަށެވެ. އެތޮޅުންވެސް އެމްޑީޕީއަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. 

މިދަތުރުތަކުގައި ރަށްޔިތުންނާއި ބައްދަލުކޮށް ދޮރުން ދޮރަށް ހިނގާފައިވެއެވެ. އަދި އެކި ރަށްރަށުގައި ވަނީ ޖަލްސާތައް ބާއްވާފައެވެ. 

މާފުށީގެ ޖަލްސާއަށް މާލޭން ވަޑައިގަންނަވާ ބޭފުޅުން މާފުއްޓަށް ވަޑައިގަތީ މިއަދުގެ އިރު އޮއްސުނުހާ އިރުއެވެ.

- ކޮމެންޓް