ލޯކަލް ކައުންސިލް އިންތިޙާބަށް ތައްޔާރު ވުމުގެ ގޮތުން ކުރިއަށްގެންދާ ކެމްޕެއިން ދަތުރުގައި ކ.މާފުށްޓަށް އެމްޑީޕީ ޓީމު ޒިޔާރަތް ކުރުމުން ހޫނު މަރުހަބާ އެއް ކިޔައިފި އެވެ.
ޓީމަށް މަރުހަބާ ކިޔުމުގެ ގޮތުން މާފުށީގެ ގިނަ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް އެއްވެފައެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާނެ ކެންޑިޑޭޓުންނާއި އެމްޑީޕީ ކައުންސިލް މެމްބަރުން ހިމެނެއެވެ. މާފުށީ އެމްޑީޕީ ހަރުގެ ވާނީ ރަސްމީކޮށް ހުޅުވާފައެވެ. ހަރުގެ ހުޅުވައިދެއްވީ އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު އެވެ.
މާފުއްޓަށް ކުރާ ދަތުރުގައި އެމްޑީޕީގެ ލީޑަރޝިޕްގެ ގިނަ އަދަދެއްގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އެގޮތުން އެމްޑީޕީގެ ޗެއަރޕާރސަން ހަސަން ލަތީފާއި ނައިބް ރައީސް މުހައްމަދު ޝިޕާޒާއި ޕީޖީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރ ރޮޒެއިނާ އާދަމް އާއި މަޖިލިސް މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން. ހިމެނެއެވެ.
މާފުއްޓަށް ޓީމް ޒިޔާރަތް ކުރުމަށްފަހު ވަނީ ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ބައްދަލުކޮށް ކެމްޕެއިން ކުރިއަަަަށްދާނެ ގޮތާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ. އެގޮތުން ކައުންސިލް އިންތިހާބު ބޭއްވުމާ ދެމެދު މިހާރު އޮތް ދުވަސްކޮޅުގެ ތެރޭގައި ކެމްޕެއިން ހަރަކާތްތައް ދެގުނަ ކުރިއަށްގެންގޮސް މިއިންތިޙާބު އެމްޑީޕީން ކާމިޔާބު ކުރަން ޖެހޭނެ ކަމުގެ ހިތްވަރު ލީޑަރޝިޕުންވަނީ ދީފަ އެވެ.