ކ. މާލެ
|
22 އޭޕްރިލް 2017 | ހޮނިހިރު 18:46
އެމްޕީ ރޮޒޭނާ ލ. އަތޮޅުގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ
އެމްޕީ ރޮޒޭނާ ލ. އަތޮޅުގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ
ރާއްޖެ އެމްވީ
އިންޓެލިޖެންސް ރިޕޯޓު
އިންޓެލިޖެންސް ރިޕޯޓަކީ މީހުން ހައްޔަރު ކުރަން ބޭނުން ކުރާ ބަހަނާއެއް: ރޮޒޭނާ
ހަގީގީ މުޖުރިމަކު އަތުލައިގަންނަން ޖެހޭ ހާލަތުގައި އިންޓެލިޖެންސް ރިޕޯޓެއް ވެސް ހެއްކެއް ވެސް ނުހޯދޭ

ސަރުކާރުން އިންޓެލިޖެންސް ރިޕޯޓެއްގެ ވާހަކަ ދައްކަނީ ސިޔާސީ ވެރިން ހައްޔަރުކުރުމަށް ދައްކާ ބަހަނާއެއްގެ ގޮތުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ ވިދާޅުވީ ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ކުރަންޖެހި، ހަގީގީ މުޖުރިމަކު އަތުލައިގަންނަން ޖެހޭ ހާލަތުގައި އިންޓެލިޖެންސް ރިޕޯޓެއް ވެސް ހެއްކެއް ވެސް ނުހޯދޭ ކަމަށެވެ.

މި ގޮތުން ޑރ.އަފްރާޝީމް އަލީ ވަރަށް އަނިޔާވެރިކޮށް އަވަހާރަކޮށްލި ހާދިސާ އާއި ގުޅިގެން ހެދި އިންޓެލިޖެންސް ރިޕޯޓު ކޮބާތޯ ރޮޒޭނާ އެއްސެވިއެވެ. އަދި ރިޟްވާން ގެއްލިގެން އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރުވެސް އިންޓެލިޖެންސް ރިޕޯޓު ލިޔާ މީހުން ކޮބާތޯ ރޮޒޭނާވަނީ ރޭގެ ވާހަކަފުޅުގައި އައްސަވާފައެވެ. ނަމަވެސް ސިޔާސީ މީހަކު ހައްޔަރުކުރަން ވެއްޖިއްޔާ މިއަށް ވުރެ އިންޓެލިޖެންޓް ބައެއް ނޫޅޭ ކަމަށާއި އެ ރިޕޯޓު ފުލުފުލުން ނެރޭނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ލ.ހިތަދޫގައި ހުކުރު ދުވަހުގެރޭ އެމްޑީޕީން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރޮޒޭނާ ވިދާޅުވީ އިދިކޮޅު އިއްތިހާދު ވަރުގަދަވަމުންދާ ކަމަށެވެ. އެކަންކަން ހުއްޓުވުމަށް ސިޔާސީ ލީޑަރުން ހައްޔަރުކުރުމުގައި ބޭނުންކުރާ އިންޓެލިޖެންސް ރިޕޯޓުތަކަށް ނިސްބަތްކޮށް މިހާރު ކަންކަން ހިނގާ ގޮތުގެ މައްޗަށް ރޮޒައިނާ ވާހަކަދެއްކެވިއެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރުކުރަން އިންޓެލިޖެންސް ރިޕޯޓު ނެރުނު އިރު، އަވަހާރަކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އާއި، ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލަފަދަ ބޮޑެތި މައްސަލަތަކުގައި އިންޓެލިޖެންސް ރިޕޯޓު ނެރެ، އޭގެ ވާހަކަ ސަރުކާރުން ނުދައްކަނީ ކީއްވެތޯ ރޮޒައިނާ ވަނީ ސުވާލު އުފައްދަވާފައެވެ. މީގެ އިތުރުން ގާސިމް އިބްރާހީމް ބަޔަކަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ވާހަކަދައްކާއިރު، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ ދަންވަރުދަޅައިގައި ރައީސް ޔާމީނުގެ ގެކޮޅުން ނިކުންނެވިތަން ޓީވީން އެތައް ބަޔަކަށް ފެނިފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

- ކޮމެންޓް