Advertisement
ކ. މާލެ
|
22 އޭޕްރިލް 2017 | ހޮނިހިރު 18:09
ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ލ.ފޮނަދޫގެ ރައްޔިތަކާ ޝާހިދު ވާހަކަ ދައްކަވަނީ
ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ލ.ފޮނަދޫގެ ރައްޔިތަކާ ޝާހިދު ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ކައުންސިލް ކެމްޕޭން
ސަރުކާރު ބަނޑު އަކިރިއަށް ދަންދެން ދަނީ ރޫޅެމުން: ޝާހިދު
މިސަރުކާރުން ހުރިހާ ރަނގަޅު ކަމެއް ފުނޑާލައި ނެތިކޮށްފި
ވޯޓު ކަރުދާސްކޮޅަކީ މުގައްދަސް އެއްޗެއް
ވޯޓުގައި ފާހަގަލާ ގޮތްވެސް ދައްކަން ސަރުކާރުން ބުނެފާނެ

ސަރުކާރުގެ ބަނޑުއަކިރިއަށް ދަންދެން ރޫޅި، ފައިބަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ލ.ހިތަދޫ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް އެމްޑީޕީން ހުކުރު ދުވަހުގެރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރޭގެ ޖަލްސާގައި ޝާހިދު ވިދާޅުވީ، ކޮންމެ ރައްޔިތެއްގެ ވެސް އަތަށް އެ ލިބޭ ވޯޓު ކަރުދާސްކޮޅަކީ މުގައްދަސް އެއްޗެއް ކަމަށާއި، އެއަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ފަރާތަކީ ވަރަށް މުގައްދަސް ނިންމުމަކަށް ހުރަސްއަޅާ ފަރާތެއް ކަމަށެވެ. ޝާހިދު ވިދާޅުވީ މި ސަރުކާރަށް ގޮތް ހުސްވެ ހަދާނެ ނަހަދާނެ ގޮތް ނޭނގި އެންމެ ފަހުން ގޮސް ވޯޓު ކަރުދާސް ކޮޅުގައި ފާހަގަޖަހާފައި، އެ ވޯޓު ކަރުދާސްކޮޅު ދައްކަން ވެސް ބުނެފާނެ ކަމަށާއި، ކޮންމެ ރައްޔިތަކު ވެސް ވޯޓުލުމަށް ކަނޑައަޅާފައިވާ މަރުކަޒަށް ވަދެ، އެ ލާ ފާހަގަ ދެނެވޮޑިގެންވާން ޖެހޭނީ ހަމަ އެކަނި ހެއްދެވި ފަރާތްކަމުގައެވެ.

ހަނދުމަފުޅުކުރައްވާތި. އަތަށް ލިބޭ ވޯޓު ކަރުދާސްކޮޅަކީ މުގައްދަސް އެއްޗެއް. އެއީ ގާނޫނު އަސާސީން ތިބޭފުޅުންނަށް ކަށަވަރުކޮށްދޭ ހައްގެއް. އިންސާނީ ހައްގެއް. އެ ކަރުދާސްކޮޅު އަތަށް އެރީމާ ގާނޫނު އަސާސީގައި އޮތް ގޮތުގެ މަތިން ގޮސް، ކޮންމެ ރައްޔިތަކު ލާ ވޯޓު އެއީ ސިއްރު ވޯޓެއް”، ޝާހިދު ވިދާޅުވިއެވެ

ރޭގެ ޖަލްސާގައި ޝާހިދު ވިދާޅުވީ މިސަރުކާރުން ހުރިހާ ރަނގަޅު ކަމެއް ފުނޑާލައި ނެތިކޮށް ކޮށާލާފައިވާ ކަމަށާއި، އެއާއެކު ސަރުކާރު ވެސް ރޫޅެމުން ބައިބައިވަމުންދާ ކަމަށެވެ. މި ސަރުކާރު ގެންނަން މަސައްކަތްކުރި އެންމެން ތިބީ ޖަލުގައި ކަމަށެވެ. އަދި މި ގައުމު އިސްލާޙް ކުރުމަށް އަތުކުރި އޮޅާލާފައިވާ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމަށް ރައީސް ޔާމީނުގެ ފެކްޝަނަށް ތާޢީދުކުރާ ފަރާތްތަކަށް ޝާހިދު ގޮވާލެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް