ކ. މާލެ
|
22 އޭޕްރިލް 2017 | ހޮނިހިރު 16:30
އެމްޕީއެލް ލޭބާ ކުއާޓާސް ތެރޭގައި ހިނގި އަލިފާނުގެ ހާދިސާ މާގިނަ އިރުތަކެއް ނުވަނީސް ވަނީ ނިއްވާލާފަ
އެމްޕީއެލް ލޭބާ ކުއާޓާސް ތެރޭގައި ހިނގި އަލިފާނުގެ ހާދިސާ މާގިނަ އިރުތަކެއް ނުވަނީސް ވަނީ ނިއްވާލާފަ
ރާއްޖެ އެމްވީ
އަލިފާނުގެ ހާދިސާ
އެމްޕީއެލް ޕޯޓް ކޮމްޕްލެކްސް ގޯތި ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ބެލެވޭ ގޮތުގައި އަލިފާން ރޯވީ ލަކުނޑި ކުނިތަކެއްގައި
މާ ގިނަ އިރުތަކެއް ނުވަނީސް އަލިފާންގަނޑު ކޮންޓްރޯލް ކޮށްފި
ފުލުހަކަށް އަނިޔާވުމުން ފަރުވާ ދިން

އަމީނީ މަގުގައި ހުންނަ އެމްޕީއެލް ޕޯޓް ކޮމްޕްލެކްސްގެ ގޯތި ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހޮނިހިރު ދުވަހުގެ ހެނދުނު 11:00 ހާއިރު އެމްޕީއެލް ލޭބާ ކުއާޓާސް ގައި ހިނގި އަލިފާނުގެ ހާދިސާ މާގިނަ އިރުތަކެއް ނުވަނީސް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

އަލިފާން ރޯވީ ލަކުނޑި ކުނިތަކެއްގައި ކަމަށް ބެލެވޭ

އޮފިޝަލް ވިދާޅުވީ ބެލެވޭ ގޮތުގައި އަލިފާން ރޯވެފައި ވަނީ އެތަނުގައި ބަހައްޓާފައި ހުރި ލަކުނޑި ކުނިތަކެއްގައި ކަމަށެވެ. އަދި އެ ހާދިސާގައި އިތުރު ތަނަކަށް ގެއްލުންވި ކަމުގެ މައުލޫމާތެއް ލިިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

 

އެ ސަރަހައްދުގައި ހުރި ރާއްޖެއެމްވީގެ ރިޕޯޓަރު މައުލޫމާތު ދިން ގޮތުގައި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފުލުހެއްގެ އަތް ކަފައިގެން ދިއުމުގެ ސަބަބުން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ. އިތުރު އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް މައުލޫމާތުދެ އެވެ.

 

ރާއްޖެއެމްވީގެ ރިޕޯޓަރު މައުލޫމާތު ދިން ގޮތުގައި އަލިފާން ރޯވެފައިވަނީ ކަޅުހަންތަކަކާއި ލަކުނޑިތަކެއްގަ އެވެ. އަލިފާނުގެ ސަބަބުން ޖެހިގެން ހުރި ގުދަނެއްގެ ފާރަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

 

- ކޮމެންޓް