Advertisement
ކ. މާލެ
|
22 އޭޕްރިލް 2017 | ހޮނިހިރު 15:58
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު
ރާއްޖެ އެމްވީ
އެމްޑީޕީ ލާމް ދަތުރު
ވޯޓް ކަރުދާހުގައި ވޯޓުލުމަށް ފަހު ދައްކަންޖެހޭނެ ކަމަށް ބުނެ ސަރުކާރުން ބިރުދައްކާ: ޝާހިދު
ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ އަކީ ސިއްރު އެއްޗެއް، ޖަހާ ފާހަގަ ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތް، ދެން ވޯޓްލި މީހާ
ސަރުކާރުން ދަނީ ވޯޓަށް ނުފޫޒު ފޯރުވަމުން ކަމަށް ޝާހިދު ވިދާޅުވި
އެމްއެމްޕީއާރުސީގެ ފައިސާއަށް ވީގޮތުގެ ވާހަކައަކީ ލަދުވެތި ކަމުގެ އިންތިހާ

މެއި މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވަމުން ގޮސް މިހާރު ވޯޓް ކަރުދާހުގައި ވޯޓުލުމަށް ފަހު ދައްކަންޖޭހެނެ ކަމަށް ބުނެ ސަރުކާރުން ބިރުދައްކަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން އިންތިހާބުގެ އެމްޑީޕީ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ލ. އަތޮޅަށް މިހާރު ކުރަމުންދާ ދަތުރުގައި ލ. ހިތަދޫގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ޝާހިދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް ސަރުކާރުން އެކިއެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އެގޮތުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނާއި ސިވިލް ސާރވިސް މުވއްޒަފުންނަށް ބިރުދައްކަމުން ގޮސް މިހާރު ވޯޓް ކަރުދާހުގައި ވޯޓު ލުމަށް ފަހު ކަރުދާސްކޮޅު ދައްކަންޖެހޭނެ ކަމަށް ބުނެ ބިރުދައްކަމުންދާ ކަމަށެވެ. ނަމަވެސް ވޯޓު ދަރުދާސްކޮޅު ނުދެއްކުމަށާއި ސަރުކާރަށް އެފުރުސަތު ނުދިނުމަށް ޝާހިދު ވަނީ ގޮވާލައްވާފަ އެވެ.

"ފަސާދަ އާއި ކޮރަޕްޝަނާއި، މިވާހަކަތައް ތަކުރާރުކޮށް މި ޕޯޑިއަމްތަކުން އިވިއްޖެ. އެމްއެމްޕީއާރުސީގެ ފައިސާއަށް ވީގޮތުގެ ވާހަކަ ލަދުވެތި ކަމުގެ އިންތިހާ. އެމްއެމްޕީއާރުސީއާ ގުޅިގެން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތައް އެހެރީ ފެންނަން. ބިރު ދެއްކުމުގެ ވާހަކަ، ތަކުރާރުކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބިރުދައްކަނީ، ކޯޕަރޭޝަންތަކުގެ އުޅޭ މީހުންނަށް ބިރުދައްކަނީ، ސިވިލް ސާރވިސްގައި އުޅޭ މުވައްޒަފުންނަށް ބިރު ދައްކަނީ، ހަދާނެ ނުހަދާނެއެއް ނޭނގިގެން އެންމެ ފަހުންގޮސް ވޯޓްލާ ދުވަހު ވޯޓު ކަރުދާސްކޮޅުގައި ފާހަގަ ޖަހާފަ، ވޯޓު ކަރުދާސްކޮޅު ދައްކަންޖެހޭނެ ކިޔައިންގެވެސް މިހާރު ބިރުދައްކަނީ، އެފުރުސަތު ތިޔަބޭފުޅުން ދެއްވައިގެން ނުވާނެ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އަތަށް ލިބޭ ވޯޓް ކަރުދާސް ކޮޅަކީ މުގައްދަސް އެއްޗެއް ކަމަށާއި ވޯޓް ލުމަކީ މުގައްދަސް ކަމެއް ކަމަށެވެ. އަދި އެއީ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ހައްގެއް ކަމަށާއި އެއީ އިންސާނީ ހައްގެއް ކަމަށެވެ.

ޝާހިދު ވިދާޅުވީ ވޯޓް ކަރުދާހުގައި ޖަހާ ފާހަގަ ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތް ކަމަށާއި ދެން އެނގޭނީ ފާހަގަ ޖަހާ މީހާއަށް ކަމަށެވެ. ތިމާޔާ ތިމާ ހެއްދެވި ފަރާތާއި ދެމެދުގައިވާ ކަމެއް ކަމަށްވާތީ އެއީ މުގައްދަސް ނިންމުމެއްކަމަށް ޝާހިދު ވިދާޅުވި އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް