Advertisement
ކ. މާލެ
|
22 އޭޕްރިލް 2017 | ހޮނިހިރު 15:53
މުސްތަފާ ލުތުފީ ޖަލްސާގައި ވާހަކަދައްކަވަނީ
މުސްތަފާ ލުތުފީ ޖަލްސާގައި ވާހަކަދައްކަވަނީ
ރާއްޖެ އެމްވީ
ވިލިމާލޭ ހަރުގެ ޖަލްސާ
މި ސަރުކާރުން ދަންވަރު މީހުން ޖަހައިގަނެގެން ދަނީ ސަރުކާރު ވެއްޓުމާ ގާތްވެފައި ވާތީ: މުސްތަފާ ލުތުފީ
ސަރުކާރުން ދަނީ އިންސާފުން ބޭރުން ކަންކަން ކުރަމުން- މުސްތަފާ

 މި ސަރުކާރުން ރޭގަނޑު ދަންވަރު މީހުން ޖަހައިގަނެގެން ދިއުމަކީ މި ސަރުކާރު ވެއްޓުމާއި ގާތްވެފައިވާ ކަމުގެ ހެއްކެއް ކަމަށް އެމްޑީޕީގެ މާލޭ ސިޓީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކޯޑިނޭޓަރ މުސްތަފާ ލުތުފީ ވިދާޅުވެއްޖެ އެވެ.

މުސްތަފާ ވިދާޅުވީ، ހަތަރު ލީޑަރުންނާ އެކު ކުރަން ފެށި މަސައްކަތުގެ ސަބަބުން ސަރުކާރު މިހާރު ތުޅު އެޅަން ފަށައިފި އެވެ. މި ސަރުކާރު މިހާރު ދަނީ ބަލިވަމުން ކަމަށާއި ސަރުކާރު ދަނީ ވެއްޓުމާ ގާތްވަމުން ކަމަށް މުސްތަފާ ވިދާޅުވި އެވެ.

" އޭގެ އެކި އަޅުގަނޑުމެންނަށް މިފެންނަނީ. ރޭގަނޑު ދަންވަރު ގޭގެއަށް ކޮޓަރިތެރޭގައި އަޅުގަނޑުމެންގެ ލީޑަރުން ތިއްބާ، ފުލުހުން ފޮނުވައިގެން ޖަހައިގަނެގެން ގެންދަނީ. ގެންގޮސްފަ، ކޯޓު އަމުރު ދިން މީހާ ޝަރީއަތް ކުރައްވަން އިންނަވަނީ،" މުސްތަވާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ، މި ސަރުކާރުން އެއްވެސް ކަމެއް ކުރަނީ، އެއްވެސް އިންސާފަކުން ނޫން ކަމަށާއި ސަރުކާރުން ދަނީ ސިޔާސީ ގޮތުން ހަރަކާތްތެރިވަމުންދާ މީހުންގެ ބޮލުގައި ހަގީގަތެއް ނެތް އިންޒާމުތައް އަޅުވަމުން ކަމަށެވެ.

މުސްތަފާ ވިދާޅުވީ، ދޮރުން ދޮރަށް ގޮސް ރައްޔިތުންގެ އިހްސާސްތައް ކާއިރިން ދެނެގަތުމަކީ އެމްޑީޕީގެ ވަރަށް ޚާއްސަ ކަމެއް ކަމަށެވެ.

" ދިވެހިރާއްޖޭގެ ހުރަހަށާއި ދިގަށް އެމްޑިޕީން ދޮރުންދޮރަށް ހިނގަން މަސައްކަތް ކުރަމުން ދިޔައީ. އަޅުގަނޑުމެން ކާއިރީގައި ދިވެހި ރާއްޖޭގެ ރައްޔިތުން ބުނީ ތިމަންނަމެން ފެށުނީއްސުރެއް އެއް ބަޔެކޭ ވެރިންގެ ގޮތުގައި. ތިމަންނަމެން ބޭނުންވަނީ ތިމަންނަމެން ހޮވާ ވަކި ބަޔަކު ވަކި މުއްދަތަކަށް ތިބޭށޭ،" މުސްތަފާ ވިދާޅުވި އެވެ

މުސްތަފާ ވިދާޅުވީ، ލޯކަލް ކައުންސިލް ނިޒާމް ވަރަށް މަސައްކަތުން އެމްޑީޕީން އެކުލަވާފައި ވަނީ ލާމަރުކަޒީ ނިޒާމަކީ ރާއްޖެއަށް ކަމުދާ، ގުޅޭ ނިޒާމަކަށްވާތީ ކަމަށެވެ. ލާމަރުކަޒީ ނިޒާމަކީ ރައްޔިތުން ބާރުވެރިވާ ނިޒާމެއް ކަމަށާއި ޑީމޮކްރެޓިކް ވެރިކަމެއްގައި ރައްޔިތުން ބާރުވެރިވުމަށް ވުރެ މުހިއްމު ކަމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް ނިޒާމު ގާއިމް ކުރުމުގައި އެންމެ ދެކޮޅު ހެއްދެވި ބޭފުޅަކީ މިހާރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީނުކަން ފާހަގަކުރައްވައި މުސްތަފާ ވިދާޅުވީ، ކަން މިހެން އޮތުމުން ދިވެހި ރާއްޖޭގެ ރައްޔިތުންނެއް މި ސަރުކާރުން ނެރޭ ކެންޑިޑޭޓުންނަށް ތާއީދެއް ނުކުރާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް