Advertisement
ކ. މާލެ
|
22 އޭޕްރިލް 2017 | ހޮނިހިރު 15:12
ޝީފާ މުހައްަމަދު ޖަލްސާގައި ވާހަކަދައްކަވަނީ
ޝީފާ މުހައްަމަދު ޖަލްސާގައި ވާހަކަދައްކަވަނީ
ރާއްޖެ އެމްވީ
ވިލިމާލޭ ހަރުގެ ޖަލްސާ
ރައީސް ޔާމީނުގެ ޕޯސްޓަރުތަކުގައި ކެންޑިޑޭޓުން ކެމްޕެއިން ކުރުމުން އެ ކެންޑިޑޭޓުންނަށް ގެއްލޭނީ ސަޕޯޓް: ޝިޕާ
ރައީސް ޔާމީނު ވަނީ ލާމަރުކަޒީ ނިޒާމު ފުނޑުފުނޑު ކޮށްލާފައި- ޝިޕާ

ޕީޕީއެމް އިން ނުކުންނަ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކުގައި ރައީސް ޔާމީން ފެނިގެންދިއުމުން އެޕާޓީގެ ކެންޑިޑޭޓުންނަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭ ކަމަށާއި ލާމަރުކަޒީ ނިޒާމު ފުނޑު ފުނޑު ކޮށްލުމަށް މަސައްކަތް ކުރާ ފަރާތެއްގެ ފޮޓޯއާ އެކު ނުކުތުމުން ސަޕޯޓެއް ނުލިބޭ ކަމަށް އެމްޔޫއޯގެ ޑެޕިއުޓީ ލީޑަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ވިލިމާލޭ ހަރުގޭގައި ބޭއްވި ޖަލްސާގައިވާ ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީނަކީ ލާމަރުކަޒީ ނިޒާމު ފުނޑާލުމަށް މަސައްކަތް ކުރާ ބޭފުޅެއް ކަމަށް ހުރިހާ ރައްޔިތުންނަށް ވެސް އެނގޭ ކަމަށެވެ. އަދި އެނިމާޒު ފުނޑާލުމަށް މަސައްކަތް ކުރާ ބޭފުޅެއްގެ ފޮޓޯ ޖަހައިގެން އެ ކެންޑިޑޭޓުންނަށް ލިބޭނީ ކޮން ވޯޓެއް ކަމާ މެދު ޝިފާ ވަނީ ސުވާލުއުފައްދާފަ އެވެ.

ޝީފާ ވިދާޅުވީ، ރައީސް ޔާމީނުގެ ސަރުކާރުން ވަނީ ގާނޫނު އަސާސީގެ 28 މާއްދާ އަށް ތަފާތު އެކި ބަދަލުތައް ގެނެސްފައި ކަމަށެވެ.

" ކޮން ވޯޓެއް ހޯދަންތޯ މިދަނީ، ލާމަރުކަޒީ ނިޒާމުގެ 28 މާއްދާ ކޮށާ މަށައި ބޮނޑިކޮށްލައި ވީދާލައިފައި، ގެއަށް ވަދެ މިބުނަނީ އަނެއްކާވެސް ތިމަންނަ ހޮވަން ބޭނުންވާ ކެންޑިޑޭޓުންނަށް ވޯޓު ދޭށޭ. ކޮބައިތޯ މީގެ ބޭނުމަކީ،" ޝިފާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވީ، މިއަދު ޕީޕީއެމް ރައީސް ޔާމީން ފެކްޝަނުން ގޭގެއަށް ގޮސް ވޯޓު ހޯދުމަށް ލަދުގަންނަން ޖެހޭނެ ކަމަށެވެ.

ލާމަރުކަޒީ ނިޒާމު ފުޑާލާފައި ގޮސް ވޯޓުދޭށޭ ބުންޏަސް މިކަން ރައްޔިތުންނެތް ބަލައެއް ނުގަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ގެނެސްފައި ވަނީ އެމްޑީޕީ ސަރުކާރުން ކަމަށެވެ.  އެމްޑީޕީން އަބަދުވެސް އިންތިހާބުތަކުގައި ނަތީޖާ ނެރޭ ކަމަށާއި އެ ޕާޓީން  ކެންޑިޑޭޓުން ނެރުމުގައި އަބަދުވެސް އަންހެނުންނަށް ޚާއްސަ ސަމާލުކަމެއްދޭ ކަމަށެވެ.

ޝިފާ ވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން އެޕާޓީން ސަރުކާރުގައި އޮވެގެން ކުރި މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ.

"ލާމަރުކަޒީ ނިޒާމަކީ މުހިއްމު ނިޒާމެއްކަން ދެކިގެން، އެމްޑީޕީން އިސްނަގައިގެން މި ނިޒާމު ގެނައުމަށްޓަކައި ކުރި މަސައްކަތުގެ ސަބަބުން މާލޭގެ އެންމެ ފުރަތަމަ ކައުންސިލްގެ މެޖޯރިޓީ ލިބުނީ އެމްޑީޕީއަށް. އެ ކައުންސިލުން ވަނީ ވިލިގިލީގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްފަ. އަދި މިހާރުގެ ކައުންސިލް އޮވެގެން ވެސް ވިލިގީލީގައި ދުއްވާ ބަގީގެ ހިދުމަތުގެ އަގު ބޮޑު ވިޔަނުދީ ހިފެހެއްޓުމަށް މަސައްކަތްތަކެއް ކުރެވިގެންދިޔަ،" ޝިފާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވީ، ވިލިމާލޭގައި އަވަށު އޮފީހެއް  ގާއިމް ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. އެގޮތުން، ވިލިމާލޭގައި ހިންގާ ކަންކަން އެންމެ އެކަށީގެންވާ ގޮތެއްގައި ބަލަހައްޓައި، ރައްޔިތުންނާ ގާތްގުޅުމެއް ބޭއްވުމަށް އޮފީހެއް އެޅުމަށް އެދުމުން ވެސް ސަރުކާރުގެ ބަޖެޓުގައި މިދިޔަ ދެ އަހަރު ވެސް ޖަހާފައިނުވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް