Advertisement
ކ. މާލެ
|
22 އޭޕްރިލް 2017 | ހޮނިހިރު 13:38
ކުރީގެ ނައިބު ރައީސް އަދީބު: މިއަދު އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު ގެންދަނީ
ކުރީގެ ނައިބު ރައީސް އަދީބު: މިއަދު އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު ގެންދަނީ
ރާއްޖެއެމްވީ
އަދީބު
އަދީބަށް އޭޑީކޭއިން ފަރުވާ ދިނުމަށްފަހު ގެންގޮސްފި
އަދީބަށް ފަރުވާ ދީފައިވަނީ ލޮލުގެ މައްސަލައެއްގަ ކަމަށްވޭ
އޭޑީކޭގައި އަދީބަށް ފަރުވާ ދެމުންދިޔަ އިރު ގިނަ އަދައަދެއްގެ ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވެފައިވޭ
ދައުލަތުން އަދީބުގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވޭ، ގިނަ މައްސަލަތައްހުރީ ތަހުގީގު މަރުހަލާގައާއި ޝަރީއަތުގެ މަރުހަލާގައި

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް އޭޑީކޭގައި ފަރުވާ ދީފިއެވެ.

ހޮނިހިރު ދުވަހު ހެނދުނު ގިނަ އަދަދެއްގެ ފުލުހުން އޭޑީކޭ ސަރަހައްދުގައި އުޅޭ ކަމުގެ މައުލޫމާތު ލިބިގެން "ރާއްޖެއެމްވީ"ގެ ނޫސްވެރިން އޭޑީކޭއަށް ދިޔައިރު، އޭޑީކޭ ހޮސްޕިޓަލުގެ ލޮލުގެ ޑޮކްޓަރަކަށް ދެއްކުމަށްފަހު އޭޑީކޭއިން ނިކުންނަނީ އެވެ. އެނގިފައިވާ ގޮތުގައި އަދީބަށް ފަރުވާ ދީފައި ވަނީ ލޮލުގެ މައްސަލައެއްގައެވެ.

އަދީބު އޭޑީކޭއަށް ގެންގޮސްފައިވަނީ 07:30 އެހާކަންހާއިރު އެވެ. އޭޑީކޭއިން ފަރުވާ ދިނުމަށް ފަހު މާގނަ އިރުތަކެއް ނުވެ ވަނީ އަނބުރާ ގެންގޮސްފަ އެވެ.

ކުރީގެ ނައިބު ރައީސް އަދީބު: މިއަދު އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ގެންދަނީ 

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

އަދީބުގެ މައްޗަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއް ތަހުގީގުކުރަމުންދާއިރު، އެތަނުން ޅ. މާބިންހުރާގެ މައްސަލަ ސާބިތުވެ، އަދި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ޓެރެރިޒަމްގެ ދައުވާ ސާބިތުވެ 33 އަހަރުގެ ޖަލު ހުކުމެއް މަދީބުގެ މައްޗަށް ވަނީ އިއްވާފަ އެވެ.

ކުރިން ކަރެކްޝަންގެ ބެލުމުގެ ދަށުން މާފުށި ޖަލުގައި ބެހެއްޓި ނަމަވެސް، ފަހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށްފަ އެވެ. އަދި މިވަގުތު އަދީބު ހުންނެވީ ދޫނިދޫ ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް