Advertisement
ކ. މާލެ
|
22 އޭޕްރިލް 2017 | ހޮނިހިރު 11:25
ރާއްޖޭން ހައްޔަރުކުރި ރޯމަން ސެލެޒްނޯވްގެ ބައްޕަ ވިލިއަރ ސެލެޒްނޯވް، އޭނާއަކީ ރަޝީއާގެ ގާނޫނު ހަދާމަޖްލީހުގެ މެންބަރެއް
ރާއްޖޭން ހައްޔަރުކުރި ރޯމަން ސެލެޒްނޯވްގެ ބައްޕަ ވިލިއަރ ސެލެޒްނޯވް، އޭނާއަކީ ރަޝީއާގެ ގާނޫނު ހަދާމަޖްލީހުގެ މެންބަރެއް
ގެޓީ އިމޭޖަސް
ރޯމަން ސެލެޒްނޯވް
ރޯމަން ސެލެޒްނޯވް 27 އަހަރަށް ޖަލަށް، އޭނަގެ ބައްޕަ ރަތަށް
ހުކުމްކުރީ އިންސާނުން ކާބަޔެއް ކަމަށް ވިދާޅުވި
ދަރިފުޅު ވަގަށް ނެގީކަމަށް ވިދާޅުވި

ހެކަރެއް ކަމަށް ބުނާ ރަޝިއާގެ ރޯމަން ސެލެޒްނޯވްގެ މައްޗަށްކުށް ސާބިތުވާ ކަމަށް ކަނޑައަޅާ 27 އަހަރަށް ޖަލަށްލުމުން އޭނާގެ ބައްޕަ ރަތަށް އަރައިފިއެވެ.

 

ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ވިލިއަރ ސެލެޒްނޯވް ވިދާޅުވީ އެ ހުކުމް "އިންސާނުން ކާ ބަޔަކު" އިއްވާފައިވާ ހުކުމެއް ކަމަށެވެ.

 

ރަޝީއާ ނޫސް އެޖެންސީ އަކަށް ދިން އިންޓަވިއުއެއްގައި ވިލިއަރ ވިދާޅުވީ އޭނަގެ ދަރިފުޅުވަނީ ބަޔަކު ރަހީނު ކޮށްފައި ކަމަށެވެ.

 

 ވިލިއަރ ސެލެޒްނޯވްއަކީ ރަޝީއާގެ ޤާނޫނު ހަދާ މަޖްލީހުގެ ތިރިގޭގައި ހިމެނިވަޑައިގަންނަވާ މެންބަރެކެވެ. އަދި އޭނާ ރަޝިއާގެ ރައީސް ވިލަޑިމިރ ޕުޓިންއާ އަރިސް މެންބަރެއް ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

 

ސެލެޒްނޯވަކީ، އެމެރިކާ އިން ބުނާ ގޮތުގައި، އޮކްޓޫބަރު 2009 އިން ފެބްރުއަރީ 2011އާ ދެމެދު އެމެރިކާގެ އެކި ފިހާރަތަކުގެ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) މެޝިންތަކެއް ހެކުކޮށް، މީހުންގެ ކްރެޑިޓް ކާޑުގެ މައުލޫމާތު ވަގަށް ނަގާފައިވާ މީހެކެވެ. 

 

އެ މައުލޫމާތު އޭނާ އެކި ފަރާތްތަކަށް ވިއްކުމުގެ ސަބަބުން 169 މިލިއަން ޑޮލަރުގެ ގެއްލުން ތަފާތު 3،700 ބޭންކަށް ލިބުނު ކަމަށް އެމެރިކާ އިން ބުނެ އެވެ.

 

ހާތާވީސް އަހަރަށް ދަރިފުޅު ޖަލަށްލުމުން ރުޅިގަދަވެފައި ހުރި ވިލިއަރ ސެލެޒްނޯވް ވިދާޅުވާ ގޮތުގައި ވަގަށް ނަގައިގެން ގެންގޮސް އެހެން ޤައުމެއްގެ ޖަލުގައި ތެޅުވުމަކީ ދެވޭ އަނިޔާއެކެވެ.

 

ވިލިއަރ ވިދާޅުވީ 27 އަހަރުގެ ހުކުމަކީ އުމުރު ދުވަހުގެ ހުކުމެއް ކަމަށް ދެކޭ ކަމަށާއި އޭނާގެ ދަރިފުޅަށް 27 އަހަރުވަންދެން ޖަލުގައި ހޭދަ ނުކުރެވޭނެ ކަމަށެވެ.

ރާއްޖޭން ހައްޔަރުކުރި ރޯމަން ސެލެޒްނޯވް

ކޮމްޕިއުޓަރ ހެކަރެއް ކަމަށް އެމެރިކާއިން ބުނާ ރަޝިއާގެ ރޯމަން ސެލެޒްނޯވްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ 2016 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. ނަމަވެސް އެހެން ކޯޓުތަކެއްގައި ހިނގަމުންދިޔަ ޝަރިއަތްތަކަކާއި ގުޅިގެން ހުކުމް ކުރުން އޮތީ ފަސްކޮށްފައެވެ.

 

ސެލެޒްނޯވް ހައްޔަރު ކުރީ ޖުލައި 2014 ގައި ދިވެހިރާއްޖެއިންނެވެ. އެމެރިކާގެ ސީކްރެޓް ސާވިސްގެ އެޖެންޓުން ރާއްޖެ އައިސް ހިންގި އޮޕަރޭޝަނެއްގައި ސެލެޒްނޯވް ހައްޔަރުކޮށް، އޭނާ ގެންދިޔައީ އެމެރިކާގެ ބާރުގެ ދަށުގައި އޮންނަ ރަށެއް ކަމަށްވާ ގުއާމަށެވެ.

 

ސެލެޒްނޯވްގެ މައްޗަށް ކުށް ސާބިތުވީ އޭނާ ހައްޔަރުކޮށް، އޭނާގެ ކޮމްޕިއުޓަރު ބެލި ބެލުމުން ފެނުނު ހެކިތަކުގެ މައްޗަށް ބިނާކޮށެވެ.

 

ރަޝިއާ އިން ވެސް ބުނާ ގޮތުން އެމެރިކާ އާއި ރާއްޖޭން ގުޅިގެން ސެލެޒްނޯވް ވަނީ "ރަހީނުކޮށްފަ" އެވެ. ރަސްމީ ޝަރީއަތުގެ ކުރިން، ސެލެޒްނޯވްގެ ބަންދާ މެދު ގޮތެއް ނިންމަން ގުއާމްގައި ކުރިއަށް ގެންދިޔަ ޝަރީއަތުގައި އޭނާގެ ވަކީލުން އެ މައްސަލަ ނަގަން ވެސް ނެގި އެވެ.

 

ސެލެޒްނޯވް ރާއްޖޭގައި ހުއްޓާ ހައްޔަރު ކުރީ ދިވެހި ސަރުކާރުން އެ ކަމުގައި އެހީ އަށް އެދުމުން ކަމަށް ޝަރީއަތުގައި އޮގަސްޓް 2016ގައި އޮތް އޭނާގެ ޝަރީއަތުގައި ބުނެފައިވެއެވެ.
 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް