Advertisement
ކ. މާލެ
|
22 އޭޕްރިލް 2017 | ހޮނިހިރު 00:25
ލާމުގެ ގިނަ ރަށްތަކެއްގައި މިއަދު ވަނީ ދޮރުން ދޮރަށް ހިނގާފަ
ލާމުގެ ގިނަ ރަށްތަކެއްގައި މިއަދު ވަނީ ދޮރުން ދޮރަށް ހިނގާފަ
ރާއްޖެ އެމްވީ
އެމްޑީޕީ ލާމު
ލ. އަތޮޅުގެ ގިނަ ރަށްތަކެއްގައި އެމްޑީޕީން ދޮރުން ދޮރަށް ހިނގައިފި
އިސްދޫ ކަޅައިދޫ، ކުނަހަންދޫ، މާމެންދޫ އިސްދޫ އަދި ހިތަދޫގައި ވަނީ ކެމްޕެއިންގެ ހަރަކާތްތަކާއެކު ދޮރުން ދޮރަށް ވަނީ ހިނގާފަ

ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް ހިންގާ ކެމްޕެއިންގެ ތރެއިން ލ. އަތޮޅުގެ ގިނަ ރަށްތަކެއްގައި އެމްޑީޕީން ދޮރުން ދޮރަށް ހިގައިފިއެވެ.

 

ހުކުރު ދުވަހުގެ މެންދުރު 2.00 އިން ފެށިގެން އެމްޑިޕީން އެ އަތޮޅުގެ އިސްދޫ ކަޅައިދޫ، ކުނަހަންދޫ، މާމެންދޫ އިސްދޫ އަދި ހިތަދޫގައި ވަނީ ކެމްޕެއިންގެ ހަރަކާތްތަކާ އެކު ދޮރުން ދޮރަށް ހިނގާފައެވެ.

 

އޮގޮތުން އެރަށްރަށުގެ ގިނަ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު އަހުވާލު އޮޅުން ފިލުވައި، އެފަރާތްތަކުގެ ޝުއޫރުތައް ހުރި ނެތްގޮތް ވަނީ ބަލާފައެވެ.

 

އެމްޑީޕީގެ ރައީސް މުހައްމަދު ޝިފާޒް ވިދާޅވީ ލ. އަތޮޅަށް މި ކުރާ ދަތުރުގައި މި އަތޮޅުގެ ރައްޔިތުން ތިބި ގޮތް ވަރަށް ސާފުވެގެންދާނެ ކަމަށެވެ. އަދި ލ. އަތޮޅަކީ އިދިކޮޅު ކޯލިޝަނަށް ބޮޑު ތާއީދެއް އޮތް އަތޮޅެއް ކަމުން މެޖޯރިޓީ އެމްޑީޕީއަށް ލިބޭނޭކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ޝިފާޒު ވިދާޅުވީ މުޅިއަތޮޅު މި އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށާއި މުޅި ރާއްޖެ އޮތްގޮތް ވަރަށް ރީއްޗަށް ސާފުވާނެ ކަމަށެވެ.

 

ދޮރުންދޮރަށް ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ގަމު ދާއިރާއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ މެންބަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، މިހާރު މި ރާއްޖޭގެ ކަންކަން ހިނގަމުންދާ ގޮތް ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އިދިކޮޅު ކެންޑިޑޭޓުންނަށް މި އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން ބޮޑުކަމުން މި އިންތިޚާބު ނުބޭއްވުމަށް ނުވަތަ އަދިވެސް ފަސްކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް